ކުއްލި ގޮތަކަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ޗީފް އިންސްޕެކްޓަރަކު ނިޔާވެއްޖެއެވެ.
މިއަދު ނިޔާވީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޒިޔާދެވެ.
އޭނާ ނިޔާވުމާ ގުޅިގެން ފުލުހުން ނެރުނު ތައުޒިޔާގެ މެސެޖްގައި ޒިޔާދުގެ އާއިލާ އަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާއި ފުލުހުންގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ވަނީ ތައުޒިޔާ ފޮނުވައިފައެވެ.
އޭނާގެ މަރާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން އަދި ހާމަކޮށްފައިނުވެއެވެ.