March 19, 2026
Advertisement
އެޗްއާރްސީއެމް
އެޗްއާރްސީއެމް / އެޗްއާރްސީއެމް

މިދިޔަ އަހަރު 648 މައްސަލަ އެޗްއާރުސީއެމަށް!

Aishath Naja
އައިޝަތު ނަޖާ
Apr 29, 2024, 12:12 AM
މާލެ ސިޓީ

މިދިޔަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަނަށް 648 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

Advertisement

އެޗްއާރްސީއެމުން އާންމު ކުރި މިދިޔަ އަހަރުގެ ރިޕޯޓުގައި ބުނާގޮތުން 2023 ވަނަ އަހަރު ޖުމްލަ 648 މައްސަލައެއް ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވެއެވެ.

އޭގެތެރެއިން 528 މައްސަލަ ހުށަހަޅާފައިވަނީ އާންމު ފަރުދުންނާއ،ި ސަރުކާރާއި އަމިއްލަ އިދާރާތަކުންނެވެ.

ކޮމިޝަނުން އިސްނަގައިގެން 120 މައްސަލައެއް ރަޖިސްޓަރ ކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

މިދާއިރާތަކަކީ މައިގަނޑު ގޮތެއްގައި މައްސަލަ ހުށަހެޅުނު ދާއިރާތައް ކަމުގައި ވީނަމަވެސް ބައެއް މައްސަލަތަކުގައި އެއްދާއިރާއަށް ވުރެ ގިނަ ދާއިރާތައް ހިމެނިފައިވާކަން ވެސް އެ ކޮމިޝަނުން ފާހަގަކުރެއެވެ.

ފުލުހުންނާއި ގުޅުންހުރި މައްސަލަތަކަށް ބަލާއިރު ޣައިރު ގާނޫނޫ ބަންދާއި ގުޅޭ މައްސަލައެއްވެސް ހުށަހަޅާފައިވާއިރު ބަނދުގައި ހުންނަން ނުޖެހޭ ފަރާތެއް ބަންދުގައި ބަހައްޓައިގެންވެސް މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved