March 19, 2026
Advertisement
ބިލުތައް ބޮޑުވީ ކަރަންޓް ޚަރަދު ބޮޑުވުުމުން: ޔުޓިލިޓީ ކުންފުނިތައް
ބިލުތައް ބޮޑުވީ ކަރަންޓް ޚަރަދު ބޮޑުވުުމުން: ޔުޓިލިޓީ ކުންފުނިތައް / ސޯޝަލް މީޑިއާ

ބިލުތައް ބޮޑުވީ ކަރަންޓް ޚަރަދު ބޮޑުވުުމުން: ޔުޓިލިޓީ ކުންފުނިތައް

Aminath Zara
އައިމިނަތު ޒާރާ
Apr 29, 2024, 02:04 AM
މާލެ ސިޓީ

ރޯދަމަސްތަކުގައި ކަރަންޓާއި ފެން ބިލު އެހެން މަސްތަކާއި ޚިލާފަށް ބޮޑުވެގެން ދާ މައްސަލައަކީ ކޮންމެ އަހަރަކުވެސް ދިމާވަމުންދާ މައްސަލައެކެވެ. މިއަހަރު މި މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް ބިލުތައް ބޮޑުވުމުގެ ޝަކުވާ ރައްޔިތުން އަނެއްކާވެސް އަންނަނީ ކުރަމުންނެވެ.

Advertisement

މިގޮތުން މިހާތަނަށް ފޮނުވައިފައިވާ ކަރަންޓް ބިލްތައް، އެހެން މަސްތަކާއި އަޅާ ބަލާއިރު ހަތަރު ގުނަ ބޮޑު ކަމަށް ބުނެ ވަރަށް ގިނަ ފަރާތްތަކުން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންދެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔުޓިލިޓީ ކުންފުނިތަކުން ފާހަގަކޮށްފައިވަނީ އާންމުން ރޯދަމަހުގައި ކަރަންޓް އަދި ފެން ބޭނުންކުރާ މިންވަރު އެހެން މަސްތަކަށްވުރެ އިތުރުވުމުގެ ސަބަބުން ބިލު ބޮޑުވެފައިވާ ކަމަށެވެ.

ނަމަވެސް ރައީސް މުޢިއްޒު ވަނީ ކިތަންމެ ލޯޑު ބޮޑުވިއަސް ބިލުތަކަށް އިތުރު އެއްޗެއް ނުނަގާނެކަމަށާއި، ސްޓެލްކޯއިން ފެނުގެ ޚިދުމަތް ދޭ ރަށްތަކަށް ދޭން ނަގާ 30/- ގެ ޗާޖުވެސް އުވާލައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެހެންނަމަވެސް އެހެން ވަޢުދު ތަކެކޭ އެއްގޮތަށް މިފަހަރުވެސް ރައީސް ވިދާޅުވި ބަހުގެ އެއްވެސް އިތުބާރެއްނެތެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved