March 20, 2026
Advertisement
ފުވައްމުލައް ސިޓީގައި ނުރައްކާތެރި ދެ އެކްސިޑެންޓް
ފުވައްމުލައް ސިޓީގައި ނުރައްކާތެރި ދެ އެކްސިޑެންޓް / ސޯޝަލް މީޑިއާ

ފުވައްމުލައް ސިޓީގައި ނުރައްކާތެރި ދެ އެކްސިޑެންޓް

Aminath Zara
އައިމިނަތު ޒާރާ
Apr 29, 2024, 10:31 PM
މާލެ ސިޓީ

ފުވައްމުލައް ސިޓީގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އެކަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

Advertisement

އެ އެކްސިޑެންޓުގައި، ޖުމުލަ ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށާއި އެ ތަނުން އެކެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުވައްމުލައް ސިޓީގައި ރޭ ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގާފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ބުނީ، ދެވަނަ އެކްސިޑެންޓު ހިނގީ ފުވައްމުލަކުގެ އެއާޕޯޓު ސަރަހައްދުން ދުއްވާފައިި ދިޔަ ސައިކަލެއް، ކަނޑައިގެން ގޮސްފައި ހުރި ގިޑިގެއަކުން ނައްޓައިގެން ދާން އުޅުމުގެ ތެރޭގައި ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލު ކައްސާލައިގެން ވެއްޓި، ސައިކަލު ދުއްވި މީހާގެ ބޮލަށް އަނިޔާވިއެވެ.

ފުލުހުން އިތުރަށް ބުނީ، މި އެކްސިޑެންޓު ހިނގިއިރު މަގުތައް އޮތީ ވަރަށް އަނދިރިކޮށް ކަމަށާއި އެކަމުގެ ސަބަބުން ދުއްވާ އުޅަނދުފަހަރަށް ވެސް ދަތިތަކާ ކުރިމަތިވީ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved