March 20, 2026
Advertisement
މިހާރު ކުރަމުންދަނީ ދެ މޫސުން ބެދޭ ވިއްސާރަ: މެޓް އޮފީސް
މިހާރު ކުރަމުންދަނީ ދެ މޫސުން ބެދޭ ވިއްސާރަ: މެޓް އޮފީސް / ސޯޝަލް މީޑިއާ

މިހާރު ކުރަމުންދަނީ ދެ މޫސުން ބެދޭ ވިއްސާރަ: މެޓް އޮފީސް

Aminath Zara
އައިމިނަތު ޒާރާ
Apr 29, 2024, 10:31 PM
މާލެ ސިޓީ

މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންމިދަނީ، އިރުވައި މޫސުން ނިމި ހުޅަނގު މޫސުމަށް އެޅޭ ދުވަސްވަރު ކުރާ، "ދެ މޫސުން ބެދޭ ވިއްސާރަ" ކަމަށާއި މި ދުވަސްވަރު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓުން) މިއަދު ބުނެފި އެވެ.

Advertisement

 މެޓު އޮފީހުން ބުނެފައިވަނީ އިއްޔެ އާއި މިއަދު ކުރާ ވިއްސާރަ މާދަމާ އަލި ވާނެ ކަމަށާއި އެކަމަކު އެއަށް ފަހު އަނެއްކާ ވެސް މޫސުން ގޮސްވާނެ ކަމަށެވެ.

މިގޮތަށް ކުރާ ވިއްސާރަ ދެ ދުވަސްވަރެއްގައި ކޮންމެ އަހަރަކުވެސް ކުރެއެވެ. އެއީ ހުޅަނގު މޫސުން އިރުވައި މޫސުމަށް ބަދަލުވާއިރު ޑިސެމްބަރު މަހުގެ ތެރޭގައި ކުރާ ވިއްސާރަ އާއި އިރުވައި ނިމި ހުޅަނގު މޫސުމަށް ބަދަލުވާއިރު ކުރާ ވިއްސާރައެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވެފައިވަނީ  މި ދުވަސްވަރު ވިއްސާރަ ކުރި ނަމަވެސް، ވިލާގަނޑުގައި ނޫން ގޮތަކަށް ކަނޑުތައް ގަދަ ނުވާނެ ކަމަށެވެ.

މުޅި ރާއްޖެއަށް ގުގުރައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ވަނީ ނެރެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved