April 29, 2026
Advertisement
ހުޅުމާލޭގައި މާރާމާރީއެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ
ހުޅުމާލޭގައި މާރާމާރީއެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ / ސޯޝަލް މީޑިއާ

އިންޑިޔާ ބަޔަކާ ދިވެހިންތަކެއްގެ މެދުގައި މާރާމާރީ ހިނގައި ދެ މީހަކު ޒަޚަމްވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Apr 30, 2024, 08:33 AM
މާލެ ސިޓީ

ހުޅުމާލޭގައި މިރޭ ހިނގާފައިވާ މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.

Advertisement

މި މާރާމާރީ ހިނގާފައިވަނީ ދިވެހި ކުދިންތަކަކާއި ބިދޭސީ ބައެއްގެ ދެމެދުގައި ކަމަށާއި މި ކަމާއި ގުޅޭ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިރޭ 21:00 ހާއިރު ކަމަށެވެ.

މި މާރާމާރީ އާއި ގުޅިގެން ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން، މި މައްސަލާގައި ބައިވެރިވި އިތުރު މީހުންތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މިރޭގެ މާރާމާރީގައި 18 އަހަރުން ދަށުގެ އެއްވެސް ކުޑަކުއްޖެއް ނުހިމެނޭކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މައްސަލަ ތަހުޤީގު ކުރެވެމުންދާ ވަރަކަށް އިތުރު މަޢުލޫމާތު ހިއްސާ ކުރަމުން ގެންދާނެ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved