March 21, 2026
Advertisement
ޕީއެންސީގެ ރައީސް އަބްދުއްރަހީމް
ޕީއެންސީގެ ރައީސް އަބްދުއްރަހީމް / ސޯޝަލް މީޑިއާ

މަޖިލިސް ރައީސަކީ އަދުރޭނަމަ ބިލެއްގައި އިނގިރޭސި އަކުރު ހިމެނުން މަނާކުރާނެ

Azhan Ibrahim
އަޒްހާން އިބްރާހިމް
Apr 30, 2024, 11:47 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ލ. ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އިންތިހާބުކުރަން ނިންމައިފިނަމަ މަޖިލީހަށް ހުށަހެޅޭ އެއްވެސް ބިލެއްގައި އިނގިރޭސި އަކުރެއް ހިމެނުން މަނާކުރާނެކަމުގެ ބިރު އެބައޮތްކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

Advertisement

ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ރައީސްކަންވެސް ކުރައްވާ އަބްދުއްރަހީމް އަކީ ހަމައެކަނި އަސާސީ ތައުލީމު ހާސިލްކޮށްގެން ހުންނެވި ބޭފުޅެކެވެ. ތައުލީމީ ގޮތުން އޭނާގެ ފެންވަރެއް ނެތުމާއިއެކު ގައުމުގެ ކަންކަމުގައި ތައުލީމީ ބޭފުޅުން ބަސް ކިޔުމުގެ ފުރުސަތު ގެއްލިފައިވާކަމަށްބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މިކަމަށް އިޝާރާތް ކުރައްވައި ޕީއެންއެފްގެ އެސްޖީ މަލީހު ވިދާޅުވީ އެނގުމާއި ނޭނގުން އެއްވަރު ނުވާނެ ކަމަށެވެ. އެހެންނަމަވެސް މިވަގުތު ރާއްޖޭގެ އެންމެ މަތީ ފަޑި ހިސޯރުކޮށްފައިވަނީ "ނޭނގޭ" ބޭފުޅުންކަމަށް މަލީހު ވިދާޅުވި އެވެ.

" ސްޕީކާރއަކަށް ރ.މުއިއްޒު އަދުރޭ ނަގައިފި ނަމަ އިގިރޭސި އަކުރެއް ބިލެއްގައި/ޤަރާރެއްގައި ހިމެނުން މަނާކުރާނެ. އަދުރޭގެ ސްޕީކާރޝިޕް މަޖިލިހުގެ ތާރީޚް ހަޑިކޮށްލާނެ. ދެރަވަރު." މަލީހު ވިދާޅުވި އެވެ.

މަލީހު މިފަދައިން ވިދާޅުވިއިރު އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ހުންނެވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގަ އެވެ. ބައިނަލްއަގުވާމީ ބައެއް ޕްލެޓްފޯމުތަކުގައި ފައިސަލް ރާއްޖެ ތަމްސީލު ކުރައްވަން ވަޑައިގެން "ބްރޮކެން އިންގްލިޝް" އިން ވާހަކަ ދައްކަވާތީ މިދޭތެރެއިން އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ.

ލިޔުއްވައި ފަރިތަކުރައްވައިގެން ވަޑައިގެންވެސް ފައިސަލް އިނގިރޭސި ބަހުން ވާހަކަ ދައްކަވާއިރު ބައެއް ބަސްތައް ފަހުމުވާންވެސް އުނދަގޫވެ އެވެ. މިކަމާއި ގުޅިގެން ފައިސަލް ދިވެހިން ވާހަކަ ދައްކަވައި އަރިހުގައި ތަރުޖަމާނަކު ގެންގުޅުއްވުމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ގޮވައިލަމުންނެވެ.

ވެރިކަމަށް ވަޑައިގެން ތައުލީމީ ބޭފުޅުންނަށް ދައުލަތުގެ އިސް މަގާމުތައް ދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ޑެޕިއުޓީ މިނިސްޓަރުންނާއި ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައިވެސް ތިއްބެވި ގިނަ ބޭފުޅުން އަސާސީ ތައުލީމުވެސް ފުރިހަމަ ނުކުރައްވާކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު
ކޮމެންޓްތައު
ވާނުވާ.
May 1, 2024, 01:47 AM
އަސާސީ ތަޢުލީމު ފުރިހަމަ ނުކުރާ އެންނެ މީހެއްގެ ނަން ބުނެލަދީފާނަން؟
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved