March 12, 2026
Advertisement
ޓީވީ ޗެނަލްތަކާއި އާންމު ފަރުދުންނަށް ބިރުދައްކާ އިންޒާރުދޭ މައްސަލަ ފުލުހުން ބަލަން ފަށައިފި
ޓީވީ ޗެނަލްތަކާއި އާންމު ފަރުދުންނަށް ބިރުދައްކާ އިންޒާރުދޭ މައްސަލަ ފުލުހުން ބަލަން ފަށައިފި / ސޯޝަލް މީޑިއާ

ޓީވީ ޗެނަލްތަކަށް އިންޒާރުދޭ މައްސަލަ ފުލުހުން ބަލަން ފަށައިފި

Aminath Zara
އައިމިނަތު ޒާރާ
May 1, 2024, 05:39 PM
މާލެ ސިޓީ

ޓީވީ ޗެނަލްތަކާއި އާންމު ފަރުދުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރުދީ ބިރުދައްކަމުންދާ  މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މި މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ހާމަކޮށްފިއެވެ.

Advertisement

ފުލުހުން ރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ އާންމު ފަރުދުންނާއި ތަންތަނާއި ތަކެއްޗަށް، ޚާއްސަކޮށް މީހުންގެ ފުރާނައާއި މީޑިއާތަކަށް ގެއްލުން ދޭނެ ކަމަށް އިންޒާރުދޭ މައްސަލަތަކަކީ މި ޚިދުމަތުން ޚާއްސަ އިސްކަމެއް ދީގެން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުން ގެންދާނެ މައްސަލަތަކެއް ކަމުގައެވެ.

ފުލުހުން ނެރެފައިވާ ނޫސް ބަޔާން
ފުލުހުން ނެރެފައިވާ ނޫސް ބަޔާން

އެގޮތުން މި މައްސަލަތައް ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ސައިބަރ ކްރައިމް އަދި ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓް އިން ކުރަމުންދާ ކަމަށްވެސް މި ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved