April 30, 2026
Advertisement
ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވޭ ޓެލެގްރާމް ޗެނަލްއެއް ފުލުހުން ހުއްޓުވައިފި
ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވޭ ޓެލެގްރާމް ޗެނަލްއެއް ފުލުހުން ހުއްޓުވައިފި / ސޯޝަލް މީޑިއާ

ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވޭ ޓެލެގްރާމް ޗެނަލްއެއް ފުލުހުން ހުއްޓުވައިފި!

Aminath Zara
އައިމިނަތު ޒާރާ
May 1, 2024, 06:42 PM
މާލެ ސިޓީ

ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭ އަދި ފަސޭހައިން ކުށަތަކަށް އަރައިގަނެވޭ ގޮތަށް އޮޕަރޭޓްކުރަމުންދާ ޓެލެގްރާމް ޗެނަލްއެއް ފުލުހުން ހުއްޓުވައިފިއެވެ.

Advertisement

"އެމްވީ ކޯލް ގާލްސް" ގެ ނަމުގައި ހިންގަމުން އަންނަ މި ޗެނަލް ހުއްޓުވާ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި އަހަރުގެ މާޗް މަހުގެ ތެރޭގައިވެސް ފުލުހުން ވަނީ ތަފާތު އެކި ކުށަތަކަށް އަރައިގަތުމަށް ހިންގަމުން ގޮސްފައިވާ ދިވެހި ޓެލެގްރާމް ޗެނަލްތަކެއް ހުއްޓުވާފައެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުން އެ ޗެނަލްތަކަކީ "ޖަޒީރާ ގާލްސް" އަދި "ޖަޒީރާ އެޑްމިން" ނަމަކަށް ކިޔާ ޗެނަލްތަކެއް ކަމަށެވެ.

މިފަދަ ޗެނަލްތައް މެދުވެރިކޮށް ހަށިވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ވަނީ ހޯދިފައެވެ. ފުލުހުންގެ ތަހުގީގުގައި ފަހުން ވަނީ އެ ޗެނަލް މެދުވެރިކޮށް ހަށިވިއްކުމުގެ ވިޔަފާރި ކުރުމަށް ކާރެއް ވެސް ގެންގުޅުނުކަން ހޯދިފައެވެ. އެ މައްސަލައިގައި ހައްޔަރުކުރި މީހުންނަށް ވަނީ މުއްދަތު ޖަހާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved