March 29, 2026
Advertisement
ޑރ. ޖަމީލް
ޑރ. ޖަމީލް / ޝަފްރާޒް | ތޭރަ އިމޭޖްސް

ރައީސް މުއިއްޒުގެ ސިޔާސަތު ހުރީ ރިޝްވަތާ ބިރުދައްކައިގެން މިނިވަން ކޮންމެ އަޑެއް ކަނޑުވާލަން: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
May 3, 2024, 11:48 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާ އަމާޒުވެސް ބަހައްޓަވާފައި ހުންނެވީ ރިޝްވަތުގެ ހުތުރު އަމަލާ ބިރުދެއްކުމުގެ ނޭއްގާނީ އަމަލު ހިންގާ، މިނިވަންކަމާ އެކު ވަކާލާތުކުރާ ކޮންމެ އަޑެއް ކަނޑުވާލުމާ ދިމާއަށް ކަމަށް ޕީއެންއެފްގެ ސެނެޓު މެމްބަރު އަދި ރައީސް އަބްދުﷲ ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލު މިފަދައިން ވިދާޅުވީ އެކްސް ހެންޑްލްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނޫސްވެރިކަމުގެ މިނިަންކަމުގެ ދުވަހުގެ މުނާސަބާގައި ޑރ. ޖަމީލު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ މި ސަރުކާރުން އަދި މިހާ ހިސާބަށް ފެންނަނީ ނޫސްވެރިކަމަށާއި ޚިޔާލު ފާޅުކުރުމުގެ ޙައްގަށް ހުރަސް އަޅާ މަންޒަރު ކަމަށެވެ.

މީގެ އިތުރުން ކުރީ ސަރުކާރުން ނޫސްވެރިންނާ މެދު ކަންކަން ކުރި ގޮތް ހަނދާން އައު ކުރައްވަމުން ޑރ. ޖަމީލު ވިދާޅުވީ، މިހާރު ވެސް ކަންކަން ހިނގަމުން ދަނީ އެ ބީދައިން ކަމަށާ ކުރިއާ މިހާރާ ތަންފުކެއްވެސް ތަފާތެއް ނުފެންނަކަމަށެވެ.

ހަމައެހެންމެ މިހާރުވެސް ގާނޫނަށް ގޮންޖެހުން ޢާއްމުވެފައިވާކަން ފާހަގަކުރައްވާ ޑރ. ޖަމީލު ވިދާޅުވީ. ރައީސް މުއިއްޒުގެ ސިޔާސަތު ހުރީ ރިޝްވަތާ ބިރުދެއްކުމުން މިނިވަން ކޮންމެ އަޑެއް ކަނޑުވާލުމާ ދިމާއަށް ކަމަށެވެ.

ޑރ، ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ދުނިޔޭގެ ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކޮށް، ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު އާންމު ކުރާ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި މި އަހަރު ރާއްޖެ ހަ ދަރަޖަ ފަހަތަށް ސޮއްސާލައިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved