ހުޅުމާލެ ފަޅު ތެރޭގައި އޮތް ޑްރަޖެއްގައި މސައްކަތް ކުރަމުން ދިޔަ ބިދޭސީ މީހަކަށް އަނިޔާވެ މަރުވެއްޖެއެވެ.
އެ ޑްރަޖްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލް އަށް މިއަދު ހެނދުނު ގެންދިޔަ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ. އަދި އެ ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާގައި މަރުވެފައިވަނީ 30 އަހަރުގެ އިންޑިއާ ރައްޔިތެކެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.