April 15, 2026
Advertisement
ޝަހީދު ހުސައިން އާދަމް ބިލްޑިންގ
ޝަހީދު ހުސައިން އާދަމް ބިލްޑިންގ / އެޑިޝަން.އެމްވީ

ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި, ފޭރުނު މީހަކު ހައްޔަރުކޮށްފި

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Jan 17, 2024, 01:33 AM
މާލެ ސިޓީ

މޫނު ނިވާކޮށްގެން ބިރުދައްކައި ފިހާރަތަކަށް ވަދެ ފޭރުނު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.

Advertisement

އެ އިދާރާއން އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވާގޮތުން އެމީހާ ހައްޔަރު ކޮށްފައިވަނީ މާލޭ، ގަލޮޅު ބައެއް ފިހާރަތަކަށާއި ބޭސް ފިހާރަތަކަށް މޫނު ނިވާކޮށްގެން ވަދެ ތޫނު ހަތިޔާރު ބޭނުންކޮށްގެން، ފިހާރައިގެ ކޭޝިއަރަށް ބިރުދައްކައި ފޭރުނު މައްސަލަތަކަކާ ގުޅިގެންނެވެ.

2023 ޑިސެމްބަރު 25 ވަނަ ދުވަހުން ފެށިގެން މި ޖަނަވަރީ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުށަހަޅާފައިވާ އެފަދަ 3 މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ ގަލޮޅު ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައެވެ.

2024 ޖަނަވަރީ 14 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މައްސަލައާ ގުޅުންހުރި ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ޖަނަވަރީ 15 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން ދަނީ ތަހުގީގުކުރަމުން ކަމަށް އެ އިދާރާއިން ވަނީ މައުލޫމާތުދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved