March 20, 2026
Advertisement
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް / ސޯޝަލް މީޑިއާ

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް

Aminath Zara
އައިމިނަތު ޒާރާ
May 4, 2024, 04:15 PM
މާލެ ސިޓީ

ކާރަކާއި ވޭނެއް ބަހެއްގައި ޖެހިގެން ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.

Advertisement

މިރޭ އެކްސިޑެންޓްގައި އަނިޔާވި މީހާ އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

ފުލުހުން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި ހުޅުމާލެ ފޭސް 1 ގެ ރީތި ގަސް މަގުގައި ކާރަކާއި، ވޭން އަކާއި ބަހެއް ޖެހި އެކްސިޑެންޓް ވެފައިވާކަމަށް މިރޭ 08:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަނިޔާ ލިބިފައިވާ މީހާއަށް ސީރިއަސް އަނިޔާއެއް ނުވާކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved