April 29, 2026
Advertisement
ޓުއަރިސްޓް ދެމަފިރިއަކު މޫދަށް ވެއްޓުނު ދިވެއްސެއް ސަލާމަތްކޮށްފި
ޓުއަރިސްޓް ދެމަފިރިއަކު މޫދަށް ވެއްޓުނު ދިވެއްސެއް ސަލާމަތްކޮށްފި / ޕޮލިސް

ޓުއަރިސްޓް ދެމަފިރިއަކު މޫދަށް ވެއްޓުނު ދިވެއްސެއް ސަލާމަތްކޮށްފި

Aminath Zara
އައިމިނަތު ޒާރާ
May 4, 2024, 09:37 PM
މާލެ ސިޓީ

ދުސިތު ތާނީ މޯލްޑިވްސް ރިސޯޓުގައި ހަނީމޫން ހޭދަކުރަމުން ދިޔަ ޓުއަރިސްޓް ދެމަފިރިއަކު ގެނބެމުން ދިޔަ ދިވެއްސެއް ސަލާމަތްކޮށްފިއެވެ.

Advertisement

ބ އަތޮޅު ޕޮލިސް ސްޓޭޝަން އިން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެ ރިސޯޓުގައި މަސައްކަތްކުރަމުން ދިޔަ ދިވެހި މުވައްޒަފަކު ވޯޓާ ވިލާއެއްގެ ޑެކު މަތިން މޫދަށް ވެއްޓިގެންނެވެ.

އެ ދިވެހި މުވައްޒަފު ގެނބެމުން ދަނިކޮށް އޭނާ ސަލާމަތް ކުރީ ޖޯޑަން ޑެނިއަލް ވެން ޑައިކް އާއި އޭނާގެ އަންހެނުން ޑެނިއެލް ޑި ބްރޫއިން ކަމަށް ފުލުހުން ބުންޏެވެ.

އެ ކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބ. އަތޮޅުގައި ތިބި އިސް ފުލުހުން ވަނީ އެ ރިސޯޓަށް ގޮސް އެ ދެ ޓޫރިސްޓުންނާ އިއްޔެ ބައްދަލު ކޮށްފައެވެ. ބ. އަތޮޅުގެ ޕޮލިސް ކޮމާންޑަރު އަފްރާ އާދަމް ވަނީ އެ ދެމަފިރިންނަށް ހަނދާނީ ފިލައެއް ވެސް ދީފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް ވެދިން އެހީތެރިކަން ފާހަގަ ކޮށް އެ ދެމަފިރިންނަށާއި އެ މީހުން ޗުއްޓީ ހޭދަ ކުރަމުންދިޔަ ރިސޯޓުގެ މެނޭޖްމަންޓަށް ޝުކުރު އަދާ ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved