March 10, 2026
Advertisement
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ / އެޑިޝަން.އެމްވީ

ނިކަމެއްޗެއްގެ އާދޭހަށް އިމްރާން ފުރަގަސް ދީފި

Azhan Ibrahim
އަޒްހާން އިބްރާހިމް
May 5, 2024, 03:08 AM
މާލެ ސިޓީ

އާންމު ރައްޔިތެއްގެ އާދޭހަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުރަގަސް ދެއްވައިފި އެވެ.

Advertisement

އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވާ އިމްރާންގެ ކާރުކޮޅު މާލޭގެ މަގެއްގައި ޕާކުކޮށްފައި އޮއްވާ އާންމު ރައްޔިތަކު ދުއްވަމުން ދިޔަ ޕިކަޕަކުން ޖެހި ވަނީ އެކްސިޑެންޓެއް ހިނގައިފަ އެވެ. މި އެކްސިޑެންޓުގައި އިމްރާންގެ ކާރުކޮޅަށް މާ ބޮޑެތި ގެއްލުންތަކެއް ލިބިފައެއް ނުވެ އެވެ.

އެކްސިޑެންޓާއި ގުޅިގެން ޕިކަޕު ދުއްވަން އިން މީހާ ވަނީ އިމްރާނުގެ ކިބައިން މައާފަށް އެދި އެމައްސަލަ ފުލުހަށް ރިޕޯޓު ނުކުރަންވެސް އެދިފަ އެވެ. އެހެންނަމަވެސް މިކަމަށް ދެކޮޅު ހައްދަވައި އިމްރާން ވަނީ ފުލުހަށް މައްސަލަ ރިޕޯޓުކޮށްފަ އެވެ.

އެކްސިޑެންޓުގެ މައްސަލައިގައި ފުލުހުން އެކަން ހިނގި ސަރަހައްދަށް ގޮސް ވަނީ ތަހުގީގުވެސް ފަށައިފަ އެވެ. މިކަމާއި ގުޅިގެން އިމްރާން ބަހެއް ވިދާޅުވެފައި ނުވިނަމަވެސް އަދާލަތު ޕާޓީން ވަނީ އިމްރާން ދިފާއުކޮށް ބަޔާނެއް ނެރެފަ އެވެ.

އެޕާޓީން ބުނީ އެކްސިޑެންޓެއް ހިނގުމުން ފުލުހުންނަށް ރިޕޯޓުކުރަން ގާނޫނުގައި އޮންނަ ކަމަށެވެ. އަދި މިމައްސަލައިގައި އެނޫންގޮތަކަށް އަމަލު ކުރާނަމަ އެއީ ގާނޫނު ތަންފީޒު ކުރުމަށް ފުލުހުންގެ އިދާރާއަށް ހުރަސް އެޅުންކަމަށްވެސް އަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ.

މިމައްސަލައިގައި އިންތިހާބީ މެމްބަރު އިމްރާން ލަތީފު ވަނީ އެސަރަހައްދަށް ވަޑައިގެން، ޕިކަޕު ދުއްވަން އިން މީހާއަށް މައާފު ކުރުމަށް އިމްރާންގެ އަރިހުން އެދިވަޑައިގެންފަ އެވެ. އަދި ކާރުކޮޅު ހަދަން ދާ ފައިސާ އޭނާ ދެއްވާނެ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް މިއެދުމަށްވެސް ދެކޮޅު ހައްދަވައި އިމްރާން ހަނު ހުންނެވި އެވެ.

އަދާލަތު ޕާޓީން ބުނީ މެމްބަރު އިމްރާން މިމަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާއަށް ޕޯސްޓު ކުރުމުން އެއީ ޝެއިހް އިމްރާނަށް ފުރައްސާ ކުރުމުގެ އަމަލެއް ކަމަށެވެ. އަދި މިފަދަ ކަންކަން ގާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ ބޭފުޅުންގެ ފަރާތުން ފެނިގެން ނުވާނެކަމަށްވެސް އަދާލަތު ޕާޓީން ބުންޏެވެ.

މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިމްރާން ވާދަކުރެއްވި އެވެ. އެހެންނަމަވެސް ރައްޔިތުންގެ ތާއީދެއް ނުލިބި އިމްރާން ވަނީ އިންތިހާބުން ބަލިވެފަ އެވެ.

ކޮމެންޓު
ކޮމެންޓްތައު
ިިި
May 7, 2024, 05:09 AM
ނިކަނެތި މީހަ މާލޭގަ 6ބުރި ގެއަކަ ޕިކަޕުކޮޅެއް.
މާހު
May 5, 2024, 04:07 PM
ތިޔަ ބުނާ ފުލުން އެކްސިޑެންޓްގެ ސީން އަށް ގޮސް ގޮތްގޮތަށް ފޮޓޯ ނަގައި ތަހުޤީޤު ހިންގާތާ މިހާރު 3 މަސް ވެފައިވާ މައްސަލަތައް އެބަހުރި. އެކްސިޑެންޓްގައި ގެއްލުންވެ އަނިޔާވި ފަރާތާ ސުވާލުވެސް ކޮށްނުލާތާ، ކަންއޮތް ގޮތް ސާފުކުރުމަށް ގުޅާލުމުން ޗެކުކޮށްލާފައި ޖަވާބު ދޭނެ ކަމަށް ބުނާތާ މިހާރު 3 މަސް. ފެބުރުވަރީ މަހު ހިނގި އެކްސިޑެންޓެއްްގެ ވާހަކަ މި ބުނީ.
އޮބިލީސް
May 5, 2024, 12:06 PM
މީތަ އިސްލާމް ދީން އުނގެނިގެން އާސް ޝޭހިގެ ލަގަބު ލިބިފާވާމީހުންގެ ހާލު މްފެއްވެސް ނުކުރި އެމީހާ ކިހާދެރަވާނެ އެނިކަމެތިމީހާ މާރަނގަޅު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved