April 17, 2026
Advertisement
މިނިސްޓަރ ޝަހީމް އޯއިސީގައި
މިނިސްޓަރ ޝަހީމް އޯއިސީގައި / ސޯޝަލް މީޑިއާ

ފަލަސްތީނުގެ މިނިވަން ދައުލަތް ގާއިމު ކުރުމަށް ރާއްޖެއިން ގޮވާލައިފި

Aishath Naja
އައިޝަތު ނަޖާ
May 5, 2024, 05:29 PM
މާލެ ސިޓީ

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލައި، އެގައުމުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

Advertisement

އިއްޔެ ފެށި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓުގައި ރާއްޖޭގެ ފަރާތުން ފަލަސްތީނާ އެއްކޮޅަށް ވަކާލާތުކުރުމަށް ބައިވެރިވެވަޑައިގެންފައިވަނީ ރާއްޖޭގެ އިސްލާމިކް މިނިސްޓަރ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

ސަމިޓުގައި ތަޤްރީރު ކުރައްވަމުން މިނިސްޓާރ ޝަހީމް ވަނީ ފަލަސްތީނުގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ގޮވާލާފައެވެ.

އަދި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގައި އިސްރާއީލާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖޭން ތާއިދުކޮށް، އިސްރާއީލާއި ދެކޮޅަށް ވަކާލާތު ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ފަލަސްތީނު މިނިވަން ކުރުމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި އިސްރާއީލުގެ އަމަލުތަކަށް އެފަރާތްތަކުން ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ވެސް މިނިސްޓާރ ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved