އިއްޔެ ކުރިޔަށް ދިޔަ ބައެއް ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކުން ސަރުކާރު ހިންގާ ޕީއެންސީ އިން 4 ގޮނޑި ކާމިޔާބުކޮށްފިއެވެ.
ބައި އިލެކްޝަންތައް ކުރިޔަށް ގޮސްފައިވަނީ މ. މަޑުއްވަރި, ނ. ނިލަންދޫ, ނ. ވެލިދޫ, ހއ. ތަކަންދޫ އަދި ހއ. އުތީމުގައެވެ.
ޑިމޮކްރެޓްސް އަދި އެމްޑީޕީ އަށް ވެސް ވަނީ ގޮނޑިއެއް ކާމިޔާބު ކުރެވިފައެވެ.
މަޑުއްވަރީ ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ޑިމޮކްރެޓްސްގެ މުޙައްމަދު އާސިމް އަލީ (ޓޮޓީ)އެވެ.
އޭނާ ވާދަކުރީ ސަރުކާރު ހިންގާ މައި ޕާޓީ, އަބްދުالله އަލީއާއެވެ. އެ ދާއިރާއަށް އެމްޑީޕީން ވާދަކޮށްފައި ނުވެއެވެ.
ޓޮޓީއަށް 194 ވޯޓު ލިބުނުއިރު އަބްދުﷲ އަށް ލިބިފައިވަނީ 144 ވޯޓެވެ.
ނ. ވެލިދޫ ކައުންސިލަށް ކުރިމަތިލީ ދެ ކެނޑިޑޭޓުން ކުރިމަތިލާފައިވާއިރު އެއީ ސަރުކާރު ހިންގާ މައި ޕާޓީގެ ޓިކެޓުގައި އަބްދުالله އަބްދުއްރައްޒާޤާއި އެމްޑީޕީގެ އައިމިނަތު ޝިފާޒާއެވެ.
އީސީން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައްޒާގު އިންތިހާބު ކާމިޔާބުކުރީ 549 ވޯޓުންނެވެ. އަދި ޝިފާޒާ އަށް ލިބުނީ 449 ވޯޓެވެ.
ރ އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް ކުރިމަތިލާފައިވަނީ ޕީއެންސީން އާއިޝަތު ސަމާހާ އާއި އެމްޑީޕީގެ ފާތިމަތި ސަމްހާއެވެ. ސަމާހާ އިންތިހާބު ކާމިޔާބު ކުރީ 243 ވޯޓުންނެވެ. އަދި ސަމްހާ އަށް ލިބުނީ 78 ވޯޓެވެ.
ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް ކުރިމަތިލާފައިވަނީ އެމްޑީޕީގެ ރަޙްމާ އަބްދުالله (ރަހޫ) އާއި ޕީއެންސީގެ ސަމީނާ މުޙައްމަދެވެ.
ރަހުމާ 174 ވޯޓުން ލިބުނުއިރު 207 ވޯޓު ހޯދައިގެން އިންތިހާބު ކާމިޔާބުކުރީ ސަމީނާއެވެ.
ޖުމްލަ 387 މީހަކު ވަނީ ވޯޓުލާފައެވެ.
ނ. ލަންދޫ ކައުންސިލަށް ކުރިމަތިލާފައިވަނީ އެމްޑީޕީ އަދި ޕީއެންސީން އިންނެވެ.
އެއީ އެމްޑީޕީން އަބްދުالله އާރިފާއި ޕީއެންސީ އިން މުޙައްމަދު ޝުޖާއުއެވެ. އެމްޑީޕީގެ އާރިފް އިންތިހާބު ކާމިޔާބުކުރީ 303 ވޯޓުންނެވެ. ޝުޖާއު އަށް ލިބުނީ 271 ވޯޓެވެ.
ހއ. އުތީމު ކައުންސިލް މެންބަރު ކަމަށް ކުރިމަތި ލާފައިވަނީ ޕިއެންސީން އިބްރާހީމް ސުނާހުއާއި އެމްޑީޕީގެ މުޙައްމަދު އައުފުއެވެ. 204 ވޯޓާއެކު އިބްރާހިމް ސުނާން އިންތިހާބު ކާމިޔާބު ކުރިއިރު މުހައްމަދު އައުފް އަށް ލިބިފައިވަނީ 199 ވޯޓެވެ.