May 3, 2026
Advertisement
ސްޓެލްކޯގެ ހެޑް އޮފީސް
ސްޓެލްކޯގެ ހެޑް އޮފީސް / ކޯޕަރޭޓް މޯލްޑިވްސް

މާލޭ ސިޓީގެ ބައެެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުން އެކަށީގެންވޭ: ސްޓެލްކޯ

Aishath Naja
އައިޝަތު ނަޖާ
May 5, 2024, 06:08 PM
މާލެ ސިޓީ

ކަަރަންޓު ވިއުގަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ މާލެ ސިޓީގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

Advertisement

ސްޓެލްކޯ އިން މިފަދައިން ބުނެފައިވަނީ ރޭ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އެ ކުންފުނީގެ ކަރަންޓުގެ ވިއުގަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހެންވޭރުގެ ކުރަނގި ގޯޅި، ކުރަނގި ހަނިގޯޅި އަދި ބޮޑުތަކުރުފާނުމަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 ން 16:00 ށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ޕޯސްޓްގައި ވަނީ ބުނެފައެވެ.

ސްޓެލްކޯގެ ކަރަންޓުގެ ވިއުގަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް އަންނަނީ އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދު ކަނޑާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved