April 29, 2026
Advertisement
މޯލްޑިވްސް ވޭވްގެ ސްކޭމްގައި ޖެހުނު ފަރާތްތައް ހޯދަނީ
މޯލްޑިވްސް ވޭވްގެ ސްކޭމްގައި ޖެހުނު ފަރާތްތައް ހޯދަނީ / ސޯޝަލް މީޑިއާ

މޯލްޑިވްސް ވޭވްގެ ސްކޭމްގައި ޖެހުނު ފަރާތްތައް ހޯދަނީ

Aminath Zara
އައިމިނަތު ޒާރާ
May 6, 2024, 04:48 AM
މާލެ ސިޓީ

މަކަރާއި ހީލަތުން އަޅޮވާލައިގެން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ހޯދި ކަމަށް ތުހުމަތުކުރެވޭ މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލްއިން އިތުރު މީހުންގެ އަތުން ފައިސާ ނެގިތޯ ބަލަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.

Advertisement

ފުލުހުން ބުނެފައިވަނީ އެ ކުންފުންޏަށް ވެހިކަލް ގެނައުމުގެ ގޮތުން ފައިސާ ދައްކާފައިވާ މީހެއް ނަމަ، މި ހިނގާ މެއި މަހުގެ 30ވަނަ ދުވަހުގެ ކުރިން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި އެކަން ހިއްސާކޮށްދޭން އެދޭ ކަމަށެވެ.

ވެހިކަލް ގެނެސްދޭ ކަމަށް ބުނެ އެ ކުންފުނިން ހިންގި ކަމަށް ތުހުމަތުކުރާ ޚިޔާނާތުގެ މައްސަލަ ފުލުހުން ބަލަމުން އަންނައިރު، އެ ޚިޔާނާތުގައި އެ ކުންފުނިން އެ ގޮތަށް ހޯދާފައިވަނީ ކިހާ ފައިސާއެއް ކަމަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މަކަރާއި ހީލަތުން ފައިސާ އެކި ގޮތްތަކަށް ހޯދަމުންދާއިރު މިފަދަ ކަންތައްތަކަށް ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތަކުން ދަނީ އަބަދުވެސް އިލްތިމާސް ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved