April 15, 2026
Advertisement
ދިވެހި  ފުލުހުން މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން
ދިވެހި ފުލުހުން މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން / މޯލްޑިވްސް ޕޮލިސް ސާރވިސް

40 ބުލެޓް ޑްރަގް އެތެރެ ކުރަން އުޅުނު ދިވެއްސެއް ހައްޔަރުކޮށްފި

Aishath Naja
އައިޝަތު ނަޖާ
Jan 17, 2024, 02:29 AM
މާލެ ސިޓީ

ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު 40 ބުލެޓްގެ މަސްތުވާތަކެއްޗާއެކު ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Advertisement

ޗެނަލް 13 އަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 47 އަހަރުގެ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ ފިިރިހެނެއްކަމަށެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖެހިއިރު، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

މި މީހާ ރާއްޖެ އައިއިރު ވަނީ ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައެވެ. އަދި އޭނާގެ ހަށިގަނޑުގެ އެތެރޭގައި ފޮރިން ބޮޑީސް ހުރި ކަމަށް ސްކޭނުން ދެއްކި ކަމަށާއި އޭނާ ބޮޑުކަމުދިޔައިރު މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ބުލެޓް ބޭރުވެފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ދައުލަތުގެ ވަކީލުން ފާހަގަކުރާ ގޮތުގައި އޭނާގެ ހަށިގަނޑުން ވަނީ މަސްތުވާތަކެތި ހުރި 40 ބުލެޓް ބޭރުވެފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހްގީގު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved