March 10, 2026
Advertisement
މަޖިލިސް ރައީސް
މަޖިލިސް ރައީސް / ރައްޔިތުންގެ މަޖިލިސް

ނަޝީދަށް ހަމަލާ ދިން މައްސަލައިގެ ތަހުގީގު އަވަސްކުރުމަށް އަސްލަމް ގޮވާލައިފި

Aishath Naja
އައިޝަތު ނަޖާ
May 6, 2024, 04:45 PM
މާލެ ސިޓީ

ކުރީގެ ރައީސް ކަން ކުރެއްވި މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިންތާ 3 އަހަރުވުމުން، އެ ހަމަލާގެ ތަހުގީގުތައް އަވަސްކޮށް، ޝަރީއަތްތައް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ގޮވައިލާފިއެވެ.

Advertisement

އަސްލަމް މިފަދައިން ގޮވާލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުންނެވެ.

އެގޮތުން އަސްލަމް ވިދާޅުވީ، ނަޝިދަށް އަމާޒުކޮށް ދިން އެ ހަމަލާއާ ގުޅޭ ގޮތުން ކުރާ ތަހުގީގުތައް އަވަސްކޮށް ޝަރީއަތްތައް ނިމުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމަށެވެ.

އަސްލަމް ވަނީ އެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހެދި އިންކުއަރީއަށް ފަހު ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒުކުރަން ވެސް ގޮވާލާފާއެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ދައުލަތުން ދައުވާ ކުރި ފަރާތްތަކުގެ ޝަރީއަތް އެންމެ ފަހުން ކޯޓުގައި ބާއްވާފައި ވަނީ މީގެ ދެ މަސް ކުރިން ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved