މާދެލީގައި ފެކްޓަރީ ހެދުމަށް ފިޝަރީޒް މިނިސްޓާެރ ސޮއި ކުރެއްވި ދުވަހުގެ ފޮޓޯއެއް / އަވަސް.އެމްވީ
ސިޔާސީ
މާދެލީގައި އަޅަން ނިންމެވި މަސް ފެކްޓަރީ ނިލަންދޫއަށް!
Aishath Naja
އައިޝަތު ނަޖާ
06 މޭ 2024
މާލެ ސިޓީ

ދ. މާދެލީގައި އަޅަން ނިންމި މަސް ފެކްޓަރީ ފ. ނިލަންދޫ އަށް ބަދަލުކުރަން ނިންމައިފިއެވެ.

ޗެނަލް 13 އަށް މައުލޫމާތުުދެމުން ފިޝަރީޒް މިނިސްޓާރ އަހުމަދު ޝިޔާމް ވިދާޅުވީ އެ މަޝްރޫއު ނިލަންދޫ އަށް ބަދަލު ކުރަން ސަރުކާރުން ނިންމީ، ޓޫރިސްޓު ރިސޯޓެއް ހިންގަން މާދެލި ދޫކޮށްފައި އޮތުމާއި އެ މުއާމަލާތް ގޮސްފައިވާ މިންވަރަށް ބަލާއިރު، ބަދަލު ދީފައި އެ ރަށް ނެގުމަކީ މާލީ ގޮތުން ދައުލަތަށް ގެއްލުން ލިބޭނެ ކަމަކަށް ވާތީކަމަށެވެ.

މާދެލީގައި މަސް ފެކްޓަރީއެއް އެޅުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ތެރެއިން ފ ނިލަންދޫ އަށް ވަޑައިގެން ވާހަކަދައްކަވަމުންނެވެ.

އެޔަށްފަހު މަޖިލިސް އިންތިޚާބް ބޯމަތިވެފައިވަނިކޮށް ފިޝަރީޒް މިނިސްޓްރީން ވަނީ މާދެލި ހިމެނޭ ގޮތަށް ތިން ރަށެއްގައި މަސް ފެކްޓަރީ ހަދަން ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

ވާހަކަތައް މިފަދައިން ހުރި ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިލަންދޫ އަށް މި މަޝްރޫޢު ބަދަލުކޮށްފައި ވަނީ އެ ދާއިރާގެ ގޮނޑި އަށް ރައީސް މުއިއްޒުގެ ކޮއްކޯފުޅު، ފާތިމަތު ސައުދާ ހޮވުމާ ގުޅިގެންނެވެ.

މަޖިލިސް އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު ސައުދާގެ ކެމްޕެއިނަށް ނިލަންދޫއަށް ވަޑައިގެން އެރަށަށް ނިސްބަތްވާ ހެލްތް މިނިސްޓާރ ޑރ އަބްދުﷲ ހަލީލް ވަނީ އެ ރަށުގެ ރައްޔިތުންނަށް ސައުދާ ހޮވައިފި ކަމުގައިވާނަމަ ނިލަންދޫ އަށް ރަނގަޅު ގޮތްތަކެއް މެދުވެރިވާނެ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓާރ ހަލީލް އެ މޭރަމުން ވާހަކަދައެްކަވާ ވީޑިޔޯއެއް ވެސް ވަނީ އެ ދުވަސްވަރު ސޯޝަލް މީޑިޔާގައި ދައުރުވެފައެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved