ރައްޔިތުންގެ މަޖިލިސް / ރައްޔިތުންގެ މަޖިލިސް
ސިޔާސީ
ފްލެޓް ލިސްޓަށް އުނިއިތުރު ނުގެންނަން މަޖިލީހުން ފާސްކޮށްފި
Aishath Naja
އައިޝަތު ނަޖާ
06 މޭ 2024
މާލެ ސިޓީ

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓަށް އެއްވެސް އުނިއިތުރު ކަމެއް ނުގެނެސް ލިސްޓާ އެއްގޮތަށް ފްލެޓްތައް ހަވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުގެ ތަޅުމުން މިގޮތައް ފާސްކުރީ 29 މެމްބަރުންގެ ވޯޓުންނެވެ. ކޮމިޓީގެ ރިޕޯޓާ ދެކޮޅަށް ވޯޓު ދެއްވި މެމްބަރަކު ނެތްކަން ފާހަގަކޮށްލެވެއެވެ.

ކުރީ ސަރުކާރުން ވަނީ އެއްވެސް އުޞޫލެެއްނެތި ފްލެޓްތައް ބަހާލާފައެވެ. އެހެންކަމުން މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ވަނީ ބަލަންފަށާފައެވެ.

އޭސީސީ އިން ބުނީ ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓް ކަމަށެވެ.

އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓްކަމަށެވެ.

ފްލެޓް ލިސްޓް ރިވިއު ކުރުމުގެ މަސައްކަތް އަދުގެ ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޭން ހުޅުވާލުމާއެކު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް މިދިޔަ އޯގަސްޓު 8، ގައި ނެރުނު ވަގުތީ ލިސްޓުގައި އޮތީ 15،046 މީހުންނެވެ.

ސަރުކާރުން ނިންމާފައި ވަނީ ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފުލެޓް ދިނުމަށެވެ. ނަމަވެސް ކޮންޓްރެކްޓު ކުރެވި އަމަލީ މަސައްކަތް ފަށާފައި ވަނީ 4000 ފްލެޓުގެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved