April 15, 2026
Advertisement
އުމްރާއަށް ދިޔުމަށްޓަކައި ބަޔަކު އެއާޕޯޓްގައި
އުމްރާއަށް ދިޔުމަށްޓަކައި ބަޔަކު އެއާޕޯޓްގައި / ޕީއެސްއެމް

ހުއްދަ ލިބިފައިވާ ކުންފުޏެއްކަން ޔަގީންކުރެއްވުމަށްފަހު ނޫނީ ޢުމްރާއަށް ދާން ފައިސާ ނުދެއްކުމަށް އެދިއްޖެ

Aishath Naja
އައިޝަތު ނަޖާ
Jan 17, 2024, 05:23 PM
މާލެ ސިޓީ

ހުއްދަ ލިބިފައިވާ ކުންފުންޏެއްކަން ކަށަވަރުކޮށްފައި ނޫނީ، ޢުމްރާގެ އަޅުކަމަށް ދިއުމަށް އެޑްވާންސްކޮށް ފައިސާ ނުދެއްކުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އަންގައިފިއެވެ.

ވުޒާރާއިން މިގޮތަށް އަންގާފައިވަނީ ހުއްދަ ނުލިބެނީސް ކުންފުނިތަކުން ޢުމްރާގެ އަޅުކަމަށް ދާން އެދޭ މީހުންގެ އަތުން އެޑްވާންކޮށް ފައިސާ ނަގާކަން ފާހަގަވުމާއި ގުޅިގެންނެވެ.

Advertisement

ނޫސްބަޔާނެއް ނެރެ އެ ވުޒާރާއިން ބުނެފައިވަނީ ފައިސާ ނަގަމުންދާ 2 ކުންފުންޏެއްގެ މައްސަލަ ބަލާ، އެ ދެ ކުންފުނީގެ މަޢުލޫމާތުވެސް އާއްމުކުރައްވާފައެވެ. އެ 2 ކުންފުންޏަކީ އަލް މަޝްޢަރު ޙައްޖު ޢުމްރާ" އާއި "ވަޑި ޙައްޖު އެންޑް ޢުމްރާ"އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފެއިވަނީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ޚިލާފަށް އަދި މިނިސްޓްރީގެ ހުއްދަ ނެތި އުމުރާއަށް މީހުން ގެންދިއުމަށް އިޢުލާންކޮށް ފައިސާ ނަގަމުންދާ ކަމަށް ސޯޝަލް މީޑިއާގެ ވަސީލަތްތަކުން އެވުޒާރާއަށް ފާހަގަކުރެއްވިފައިވާ ކަމަށެވެ. އެހެންކަމުން މިފަދަ ޢަމަލުތަކަކީ މަނާކަމެއްކަމަށާއި، އަދި އެކަން ނުކުރުމަށް އެވުޒާރާއިންވަނީ އެދިފައެވެ.

ޢުމްރާގެ ޚިދުމަތަށް ހުއްދަ ދެއްވާފައިވާ ކުންފުނިތަކުގެ ލިސްޓް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓުގައިވަނީ އާއްމުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved