April 30, 2026
Advertisement
ފުލުހެއްގެ ބްލެކްމެއިލްގެ މައްސަލަ ބަލަނީ
ފުލުހެއްގެ ބްލެކްމެއިލްގެ މައްސަލަ ބަލަނީ / ސޯޝަލް މީޑިއާ

ފުލުހެއްގެ ބްލެކްމެއިލްގެ މައްސަލަ ބަލަނީ

Aminath Zara
އައިމިނަތު ޒާރާ
May 7, 2024, 12:04 AM
މާލެ ސިޓީ

ދިވެހި ފުލުހުންގެ އިދާރާގައި މަސައްކަތްކުރަމުންދާ ފަރާތެއް ނާސިން ކިޔަވާ ދަރިވަރަކު ބްލެކްމެއިލްކޮށް ފައިސާ ހޯދާ މައްސަލައެއް ފެންމަތިވެ އެ މައްސަލަ އެ އިދާރާއިން ބަލަން ފަށައިފިއެވެ.

Advertisement

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓެއްގައިވަނީ ދިވެހި ފުލުހަކު ވިލާ ކޮލެޖުގައި ނާސިން ކިޔަވާ ދަރިވަރަކު ބްލެކްމެއިލް ކޮށްގެން ފައިސާ ހޯދާ ކަމަށް ތުހުމަތުކޮށްފައެވެ.

ހަމައެއާއެކު އެ ޕޯސްޓުގައި ވަނީ އެ މައްސަލަ ބަލާނެ ވެރިއެއް ނުވަތަ ކަމާބެހޭ އިދާރާއެއް ނެތްތޯ ސުވާލު އުފައްދާފައެވެ.

އެ ޕޯސްޓާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން މިއަދު ވިދާޅުވީ، އެ މައްސަލަ ބަލަމުން އަންނަކަމަށެވެ.

އެގޮތުން ފުލުހުންނާ މެދު ކުރެވޭ ޝަކުވާތައް ތަހުގީގު ކުރުމުގެ މަސައްކަތް އެކަމާ ގުޅުން ހުރި ބަހާއިން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. މިގޮތުން، އެ މައުލޫމާތު ޔަގީންކޮށް، މިފަދަ މައްސަލަތައް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝިފާން ވިދާޅުވިއެވެ.

ހަމައެއާއެކު ދިވެހި ފުލުހަކާ ގުޅުން ހުރި ޝަކުވާއެއް ވާނަމަ، ސީދާ ފުލުހަށް އެ މައްސަލައެއް ހުށަހެޅުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved