April 30, 2026
Advertisement
ވީއައިއޭގައި މާރާމާރީ ހިންގި ބިދޭސީ މީހާ
ވީއައިއޭގައި މާރާމާރީ ހިންގި ބިދޭސީ މީހާ / ސޯޝަލް މީޑިއާ

ވީއައިއޭގައި މާރާމާރީ ހިންގި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

Mariyam Isaadha
މަރިޔަމް އިސާދާ
May 7, 2024, 06:47 PM
މާލެ ސިޓީ

ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ)ގައި މާރާމާރީ ހިންގި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޓަރނޭޝަނަލް ޓާމިނަލަށް ފުރަން ގޮސް ހުރި ފަތުރުވެރިޔަކު އެއާލައިން މުވައްޒަފަކަށް ހަމަލާދީފައިވާއިރު މި މައްސަލަ ހިނގި ގޮތް އަދި ސާފުވާ ގޮތް އަދިވަނީ ނުވެފައެވެ. ނަމަވެސް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވެއެވެ.

މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު ފުލުހުންގެ ބެލުމުގެ ދަށުގައި އިން ބިދޭސީ މީހާ ދެ މީހެއްގެ ގައިގައި ޖަހާ މަންޒަރު ވީޑިއޯ އިން ފެނެ އެވެ. އެ މީހާ ހުއްޓުވާ ދުރަށް ގެންދަނީވެސް އެތަނުގައި ތިބި ބައެކެވެ.

މާރާމާރީ ހިންގި މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެއީ އެމެރިކާގެ ރައްޔިތެއްކަމަށް ތޭރަ އޮންލައިނަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved