March 10, 2026
Advertisement
ބިގޭ ޖަލްސާއެއްގައި ވާހަކަދައްކަވަނީ
ބިގޭ ޖަލްސާއެއްގައި ވާހަކަދައްކަވަނީ / މަޖިލިސް

އިސްރާއިލްގެ ޕާސްޕޯޓް ބޭން ކުރަން ފަސްޖެހޭތީ ބިގޭގެ ފާޑުކިޔުން ސަރުކާރަށް!

Aishath Naja
އައިޝަތު ނަޖާ
May 7, 2024, 11:49 PM
މާލެ ސިޓީ

އިސްރާއިލްގެ ޕާސްޕޯޓްގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރަން ސަރުކާރުން ފަސްޖެހޭތީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ އިސްރާއިލް ޕާސްޕޯޓް މަނާކުރަން ރާއްޖޭން ފަސްޖެހޭ މަންޒަރު ފެންނަކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމް ކުރިއަރުވަން ނުވަތަ އެހެން ސަބަަބަކާ ހެދި ނަމަވެސް ބާރުވެރި ގައުމުތަކަށް ރާއްޖެއިން ވެފައިވާ އަޅުވެތިކަމެއް ކަމަށެވެ.

އިސްރާއިލްގެ ފަތުރުވެރިން ރާއްޖެ އައުން މަނާކޮށް އެ ގައުމުގެ އުފެއްދުންތައް ރާއްޖެ ގެނައުން މަނާކުރަން ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޭޕްރިލް 1 ގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved