March 10, 2026
Advertisement
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް / މަޖިލިސް

ދައުރު ހަމަވާއިރު ޖަވާބު ނުލިބޭ 21 ސުވާލާއި 322 ޝަކުވާ!

Aishath Naja
އައިޝަތު ނަޖާ
May 8, 2024, 12:01 AM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރު ނިމޭއިރު 322 ޝަކުވާގެ ސިޓީއަކާއި ޖަވާބު ނުލިބޭ 21 ސުވާލު އެބައޮތްކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Advertisement

މިއަދުގެ ޖަލްސާ ވިދާޅުވީ މަޖިލީހަށް މެމްބަރުން ހުށަހަޅާފައިވާ ސުވާލުތަކުގެ ތެރެއިން 21 ސުވާލަކަށް ޖަވާބު ނުލިބޭތީ އެ ސުވާލުތަށް ކުރިއަށް އޮތް ޖަލްސާތަކުގައި އެޖެންޑާ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން މިއަދުވެސް އެއް ސުވާލު އެޖެންޑާ ކުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެހެންނަމަވެސް ބައެއް މެމްބަރުންނަށް ވަގުތު ނުވުމުގެ ސަބަބުން މިއަދަށް އެޖެންޑާ ނުކުރެވުނު ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ މި ކޮމިޓީން ދައުރު ނިމުމުގެ ކުރިން ސިޓީތަކަށް ޖަވާބު ދެއްވުމަށް މުގަރިރުންނަށް ދަންނަވާ ކަމަށެވެ.

އަދި ބުރާސްފަތި ދުވަހުގެ އިތުރުން އާދިއްތަ ދުވަހުވެސް އިތުރު ޖަލްސާއެއް ބާއްވައިގެންވެސް މަސައްކަތްތައް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި ދައުރުގެ އެންމެ ފަހު ޖަލްސާ އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގައި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved