March 10, 2026
Advertisement
ރައްޔިތުން މަޖިލީހުގެ ބޭރުގެ ފޮޓޯއެއް
ރައްޔިތުން މަޖިލީހުގެ ބޭރުގެ ފޮޓޯއެއް / ސަން އޮންލައިން

ކޯރަމް ހަމަނުވުމުން މިއަދުގެ ޖަލްސާ ކެންސަލްވެއްޖެ

Aishath Naja
އައިޝަތު ނަޖާ
May 8, 2024, 04:38 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވި މެމްބަރުންގެ އަދަދު މަދުކަމުން، އަދަދު ހަމަނުވެގެން ކެންސަލް ކޮށްފިއެވެ.

Advertisement

މަޖިލީހުގައި ޖަލްސާއެއް ބޭއްވޭ ވަރަށް ކޯރަމް ހަމަވާ ގާނޫނީ އަދަދަކީ 22 މެމްބަރުންކަން ފާހަގަކޮށްލެވެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ތަޅުމުގައި ކޯރަމް ހަމަނުވި ނަމަވެސް ގިނަ މެމްބަރުން މަޖިލީހަށް ހާޒިރުވި ކަމަށެވެ.

މަޖިލީހުގައި ކޯރަމް ހަމަވާ އަދަދަށް މެމްބަރުން ތިބެ ތަޅުމުގައި މެމްބަރުން ނެތުމުން 11:00 ހަމައަށް ބަލާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

11:00 ގެ ފަހުން އަލުން ޖަލްސާ ފެށުމަށް މަސައްކަތް ކުރެއްވި އިރުވެސް ތަޅުމުގައި ތިއްބެވީ 10 މެމްބަރުން ކަމުން އަސްލަމް ވަނީ މިއަދުގެ ޖަލްސާ ނިންމަވާލައްވާފަ އެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، މަޖިލީހުގައި ވަކި އަދަދަކަށް އަންހެން މެމްބަރުން ހިމެނުމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރުމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved