April 15, 2026
Advertisement
އިނގިރޭސި ބަހުން ވާހަކަ ދައްކަން ޖެހުމުން އެމް.އެމް.ޕީ.އާރް.ސީގެ އެމް.ޑީ ފާތިމަތު ތައުފީޤް އަރަބިއަން ޓްރެވަލް މާކެޓްގެ ޕެނަލް ޑިސްކަޝަންގައި ބައިވެރިއެއްނުވި
އިނގިރޭސި ބަހުން ވާހަކަ ދައްކަން ޖެހުމުން އެމް.އެމް.ޕީ.އާރް.ސީގެ އެމް.ޑީ ފާތިމަތު ތައުފީޤް އަރަބިއަން ޓްރެވަލް މާކެޓްގެ ޕެނަލް ޑިސްކަޝަންގައި ބައިވެރިއެއްނުވި / ސޯޝަލް މީޑިއާ

އިނގިރޭސި ބަހުން ވާހަކަ ދައްކަން ޖެހުމުން ފާތިމަތު ތައުފީޤް އަރަބިއަން ޓްރެވަލް މާކެޓްގެ ޕެނަލް ޑިސްކަޝަންގައި ބައިވެރިއެއްނުވި

May 9, 2024, 03:48 PM
މާލެ ސިޓީ

މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓްގެ ޕެނަލް ޑިސްކަޝަންގައި އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރު ފާތިމަތު ތައުފީޤް ބައިވެރިނުވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

Advertisement

ފާތިމަތު ތައުފީގުގެ ބަދަލުގައި މި ޑިސްކަޝަންގައި ބައިވެރިވެފައިވަނީ އެމްއެމްޕީއާރްސީގެ ޗެއާޕާސަން އައިޝަތު ނޫރައިން ޖަނާހް އެވެ.

ކުންފުނި ތަމްސީލުކުރާ ފަރާތް މި މާކެޓުގައި ބައިވެރިވުމަށް ދަތުރުކޮށްފައިވީ ނަމަވެސް އިނގިރޭސި ބަހުން ވާހަކަ ދައްކަން ޖެހުމުން ބައިވެރިވާން އުޒުރުވެރިވެ، ކުންފުނި ތަމްސީލު ކޮށްފައިވަނީ ކުންފުނީގެ ޗެއާޕާސަން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އާ ސަރުކާރުގެ މަގާމުތައް ހަވާލުކުރާނީ ޒިންމާދާރު އެކަމަށް ޤާބިލް ފަރާތްތަކާއި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު، ސަރުކާރުގެ ބޮޑެތި މަގާމުގައި ތިއްބެވި މިފަދަ ފަރާތްތަކުގެ ކިބައިން މިފަދަ ޖެހިލުންވުން ފެނުމަކީ އެ ފަރާތްތަކުގެ ޤާބިލުކަމާއި މެދު މުޅި ދުނިޔެ ސުވާލުކުރާނެ ކަމެކެވެ.

މިހާރު ކުރިޔަށްދާ އަރަބިއަން ޓްރަވަލް މާރކެޓްގައި ފަތުރުވެރިކަމާބެހޭ ވަޒީރު، މުހައްމަދު ފައިސަލް އިނގިރޭސި ބަހުން ވާހަކަފުޅު ދެއްކެވި ވީޑިއޯ ބޭރުގެ މީޑިއާތަކުގައިވެސް ދައުރުވެފައިވެއެވެ.

މި ސަރުކާރު ހަވާލުވިފަހުން ރާއްޖޭގެ ޓުއަރިޒަމް އަށްވެސް އަސަރު ކޮށްފައިވާ ކަން ތަފާސްހިސާބު ތަކުން ދައްކައެވެ.

ސަރުކާރުގެ ނާޤާބިލް ކޮންމެ ކަމަކީ ކުރީ ސަރުކާރުތަކުގެ ބޮލަށް ޖަހާލެވޭނެ ކަމެއް ނޫން ކަން މިފަދަ ކިތަންމެ މަންޒަރުތަކުން މިވީ 05 މަސް ތެރޭގައި ފެނިގެން ގޮއްސިއެވެ،

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved