
ސްޕެއިންގެ މެޑްރިޑްގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު އެއް ޓުއަރިސްޓް ފެއަރ އަށް ރާއްޖޭގެ ޓުއަރިޒަމް މާކެޓް ކުރުމަށް ވަޑައިގެން އެމްއެމްޕީއާރުސީ ފާތުމަދު ތައުފީގް، މީޑިޔާގައި ރާއްޖެ ޕްރޮމޯޓް ކުރަން ލިބުނު ފުރުޞަތުގައި އިނގިރޭސިން ވާހަކަ ދައްކަން ނޭނގުމުން، ދިވެހިރާއްޖެއަށް ގިނަ ބަޔަކު ފާޑުކިޔަންފަށައިފިއެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު ރާއްޖެ ތަމްސީލް ކުރުމަށް ހުރި ފަރާތަށް އިނގިރޭސިން ވާހަކަ ދައްކަން ނޭނގުމުން ގިނަ ބައެއްގެ ސަމާލުކަންވަނީ ލިބިފައެވެ.
އިންޓަވިއުގެ ވީޑިޔޯ ސޯޝަލް މީޑިޔާގައި ދައުރުވާން ފަށާފައިވާއިރު އިންޓަރވިއު ކުރި ފަރާތަށް އެދެވޭ ޖަވާބެއް ނުލިބިގެން ތަކުރާރު ކޮށް އެއް ސުވާލެއް ކުރަމުން ދިޔަ މަންޒަރުވެސް އެ ވީޑިޔޯއިން ފެނިގެންދެޔެއެވެ.
އޭގެއިތުރުން މި ރަސްމިއްޔާތަށް ޤައުމީ ލިބާސް ތުރުކުރައްވައިގެން ފާތުމަދު ތައުފީގް ގޮސްފައިވާއިރު، އެއިން ރޫވެސް ފިލުވާނުލާ ހުރިކަމަށްވެސް ގިނަ ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިޔާގައި ބުނަމުންނެވެ.
މީގެ ކުރިން ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު އިބްރާހިމް ފައިސަލަށް ވެސް ހަފްލާއެއްގައި ވާހަކަ ދައްކަން ނޭނގުމުން ވަނީ ގިނަ ބައެއްގެ މަލާމަތާއި ފާޑުކިޔުން އަމާޒުވެގެންނެވެ.










