ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު އިންޑިއާއަށް ކުރައްވަމުންދާ ދަތުރުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރުއާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވެއިރު އިންޑިޔާ ސިފައިން ފޮނުވާލުމުގެ ވާހަކަ މަޝްވަރާ ނުކުރައްވާކަން ހާމަވެއްްޖެއެވެ.
މިކަން ހާމަވެފައިވަނީ ޖައިޝަންކަރާ އެކު ބޭއްވެވި މަޝްވަރާތަކާ ގުޅޭ ގޮތުން ޒަމީރު 'އެކްސް' ގައި ކުރެެއްވި ޕޯސްޓްގެ ސަބަބުންނެވެ.
A pleasure to meet with H.E Dr. @DrSJaishankar, Minister of External Affairs of India, in New Delhi. We reflected on our long history of bilateral partnership shared by mutual respect and understanding.
— Moosa Zameer (@MoosaZameer) May 9, 2024
We exchanged perspectives on increasing engagement and exchanges between… pic.twitter.com/vNxcnzTlfG
އެގޮތުން ޒަމީރު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ވެސް އިންޑިއާ އާއި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓަރުގެ ޕޯސްޓްގައި ވަނީ ފާހަގަކޮށްފައެވެ.
އެ ބައްދަލުވުމުގައި ޖައިޝަންކަރު ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުވެން ހުރި ދާއިރާތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާނެ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް ފާއިތުވި ތަނުގައި ވެސް ގިނަ އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވާ ޖައިޝަންކަރު ވަނީ ރާއްޖެއަށް ވެސް ފައިދާވާނެހެން ކުޑަ އިންޓްރެސްޓުގައި އިންޑިއާއިން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވައިފައެވެ.
މާދަމާ އަކީ އިންޑިޔާ ސިފައިންގެ ދެވަނަ ބެޗް އެ ގައުމަށް އަނބުރާ ފޮނުވާލާނެ ދުވަސް ކަމަށް ހާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނުގައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ބުނެފައެވެ.
ނަމަވެސް ހާރިޖީ ވަޒީރު އިންޑިޔާ އަށް ކުރެއްވި އެންމެ ފުރަތަމަ ދަތުރުފުޅުގައިވެސް އެ ވާހަކަ މަޝްވަރާކޮށްފައި ނުވާކަން ވަނީ ހާމަވެފައެވެ.