May 5, 2026
Advertisement
ޗިކުންގުންޔާ އަދި ޑެންގޫ އަށް ޓެސްޓް ކުރާނެ އާލާތްތައް ނެތި ދެ ދުވަސް
ޗިކުންގުންޔާ އަދި ޑެންގޫ އަށް ޓެސްޓް ކުރާނެ އާލާތްތައް ނެތި ދެ ދުވަސް / ސޯޝަލް މީޑިއާ

ޗިކުންގުންޔާ އަދި ޑެންގޫ އަށް ޓެސްޓް ކުރާނެ އާލާތްތައް ނެތި ދެ ދުވަސް

Aminath Zara
އައިމިނަތު ޒާރާ
May 10, 2024, 02:48 AM
މާލެ ސިޓީ

ޗިކުނުގުންޏާ އާއި ޑެންގޫ ހަލުވި ކަމާއިއެކު ފެތުރެން ފެށިތާ ދުވަސްކޮޅެއް ވެފައިވާއިރު، ސަޕްލައި ހުސްވެ މި ބަލިތަކަށް ހުޅުމާލޭގައި ޓެސްޓް ކުރެވޭނެ ގޮތެއް ނެތިގެން އުޅޭތާ 02 ދުވަސް ވެފައިވާ ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

Advertisement

ހުޅުމާލެ ހޮސްޕިޓަލް އިން ސަޕްލައި ހުސްވެފައިވާއިރު، ޓްރީޓޮޕް އިން ވެސް މި ބަލިތަކަށް ޓެސްޓް ކުރެވޭނެ ނިޒާމެއް ހަމަޖެހިފައިނުވާތީ ހުޅުމާލެއިން ފެންނަމުންދާ ބަލިމީހުން ގެންދަންޖެހިފަވަނީ މާލެ ހޮސްޕިޓަލްތަކަށެވެ.

ހުރިހާ ދިމާލަކުން މާލެއަށް ޓެސްޓް ހަދަން ދިޔުމުގެ ސަބަބުން މާލެއިން ވެސް ސަޕްލައި ދަށްވެ، މިހާރު މެދުނުކެނޑި ޓެސްޓް ހެދޭނީ ދެ ދުވަހު ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ނުރައްކާތެރި ބައްޔެއް ހަލުވިކަމާއި އެކު ފެތުރެމުންދާއިރު، މި ބައްޔަށް ޓެސްޓް ކުރެވޭނެ ގޮތެއް ނެތިގެން ސިއްހީ ދާއިރާގެ މުވައްޒަފުން އުޅެމުންދާއިރު ސަރުކާރުން އެއްވެސް ފިޔަވަޅެއް މިކަމަށް ނުނަގާ މިކަން ވަނީ ސިއްރުކޮށްފައެވެ.

އެޗްޕީއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި މި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީވެސް ގްރޭޓަރ މާލެ ސަރަހައްދުގައެވެ.

މާޗް މަހުން ފެށިގެން މި ބަލިތައް ފެތުރެމުންދާއިރު، މި ބަލި ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ އެއްވެސް ފިޔަވަޅެއް ސަރުކާރުން ނަގާފައި ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved