March 19, 2026
Advertisement
އިންޑިޔާ ސިފައިން ކުރީގެ މަނަވަރާއެކު
އިންޑިޔާ ސިފައިން ކުރީގެ މަނަވަރާއެކު / އިންޑިއާ އެމްބަސީ

އިންޑިޔާ ސިފައިން ފައިބައިފި، އިތުރު ތަފްސީލް ރައީސް އޮފީހަކަށް ނުދެވުނު

Aishath Naja
އައިޝަތު ނަޖާ
May 10, 2024, 03:03 AM
މާލެ ސިޓީ

ރާއްޖޭގައި ގާއިމްވެފައި ތިބި އިންޑިޔާ ސިފައިންގެ ދެވަނަ ބެޗް މިއަދު ރާއްޖޭން ފައިބައިފިކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

Advertisement

އިންޑިއާ ސިފައިންގެ ފަހު ބެޗް ރާއްޖެއިން ފައިބައިފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗް ފުރިކަން ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލު ވަނީ ބައެއް މީޑިޔާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.

އެކަމުގެ ތަފްސީލު ސަރުކާރުން ފަހުން ހާމަ ކުރައްވާނެ ކަމަށް ހަލީލް ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗު މިހާރު އަނބުރާ އެ ގައުމަށް އައިސްފައިވާ ކަމަށެވެ.

އަދި އިންޑިއާ ސިފައިންގެ ބަދަލުގައި ޑޯނިއާ އޮޕަރޭޓްކުރަން މަދަނީ މީހުން ރާއްޖެ ގޮސްފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ މުއިއްޒު ރިޔާސީ ވައުދެއްގެ ގޮތުގައި އިންޑިޔާ ސިފައިން އެ ގައުމަށް އަނބުރާ ފޮނުވާލާނެ ކަމަށް ވިދާޅުވެ އެ ވައުދު ފުއްދަވާފައިވާއިރު ފޮނުވާލި އިންޑިޔާ ސިފައިންގެ ކޮންމެ ބެޗެއްގެ ބަދަލުގައި އިންޑިޔާގެ މަދަނީންގެ ޓީމެއް ވަނީ ރާއްޖެ އައިސްފައެވެ.

މަދަނީންގެ ގޮތުގައި އުޅަނދުތައް އޮޕަރޭޓްކުރަން އައިސްފައިވާ ފަރާތްތަކުގެ ވަނަވަރު ސަރުކާރުން ވަނީ ސިއްރުކޮށްފައެވެ.

ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މަދަނީންގެ ގޮތުގައި ހަރަކާތްތެރިވަނީ ހަމަ އެ ގައުމުގެ ސިފައިންނެވެ. ތަފާތީ އެ ފަރާތްތަކުގެ ޔުނީފޯމް ނެތުމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved