March 19, 2026
Advertisement
-
- / ރައީސް އޮފިސް

އިންޑިއާ އަދި ރާއްޖޭގެ ގުޅުން ދަމަހައްޓަނީ އިންޑިއާ ރައްޔިތުން ކަމަށް ބުނެ މޯދީ ދިވެހިންނަށް ބުލީކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 26, 2025, 12:21 AM
މާލެ ސިޓީ

އިންޑިއާ އަދި ރާއްޖަެގެ އެކުވެރިކަން ކުރިއެރުވުމަށް މުހިއްމު ދައުރެއް އަދާކުރަނީ އިންޑިއާ ރައްޔިތުން ކަމަށް ބުނެ އިންޑިއާގެ ބޮޑުވަޒީރު ދިވހެިންގެ ފަސްގަނޑުގައި ހުރެ ދިވެހީންނަށް މަލާމާތްކޮށް ފުރައްސާރަކޮށްފިއެވެ.

Advertisement

މޯދީ ރާއްޖެއަށް މިއަދު ކުރި ދަތުރާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓްގައި ބުނެފައިވަނީ ދެ ގައުމުގެ ގުޅުން ދަމަހައްޓަން އެންމެ ބޮޑު މަސައްކަތެއް ކުރަނީ އިންޑިއާ ރައްޔިތުން ކަމަާއި ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންގެ ފަރާތުން މިއަދު ލިބުނު މަރުހަބާއަށް ޝުކުރު އަދާކޮށްފައިވެއެވެ.

މި ޕޯސްޓާއި ގުޅިގެން ދިވެހިން ވަނީ މޯދީއަށް  ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. މިގޮތުން، މިއީ ދިވެހިންނަށް މޯދީ ކޮށްލި މަލާމާތެއް ކަމަށާއި ދިވެހި ސަރުކާރުން މި ގައުމުގެ މިނިވަންކަން މޯދީ ސަރުކާރަށް ދީފައިވާ އިރުވެސް ރާއްޖެއަށް ވަޑައިގެން ދިވެހިންނަށް ކުޑައިމީސް ވާގޮތަށް މިފަދައިން ސޯޝަލް މީޑިއާގައި ޕޯސްޓް ކުރެވިގެން ނުވާނެ ކަމަށް ގޮވާލާފައިވެއެވެ.

މީގެ އިތުރުން މިއީ ދިވެހި ސަރުކާރަށްވެސް މޯދީ ކުރި މަލާމާތެއް ކަމަށާއި ދިވެހި ސަރުކާރަށް އެމީހުންގެ “ސައިޒް” ދައްކާލީ ކަމުގައި ދިވެހިން ސިފަކުރެއެވެ.

60 ވަނަ މިނިވަން ދުވަހުގެ ޝަރަފުވެރިއެއްގެ ގޮތުގައި ވަޑައިގެން ދިވެހިންނަށް ޝުކުރުގެ ބަހެއް ބުނެ ނުލާ، ދެ ގައުމުގެ ގުޅުމުގެ ކިލަނބުކަން މޯދީވަނީ ނުސީދާކޮށް ފާހަގަކޮށްފައެވެ.

ރައީސް މުއިއްޒު މީގެ ކުރިން ވަނީ ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް އިންޑިއާއަށް ރާއްޖެއަށް ބުލީ ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކުރިން ދެއްކި ހުރިހާ ވާހަކައާ އިދިކޮޅަށް ރައީސް މުއިއްޒު ކަންކުރެއްވުމުން އިންޑިއާގެ މީޑިޔާތަކުންވެސް ގެންދަނީ ރާއްޖެއަށް ފުރައްސާރަކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved