March 13, 2026
Advertisement
-
- / މިހާރު

މިނިވަންދުވަހުގެ މުނާސަބަތާއި ގުޅިގެން ތައްޔާރީތަކެއް ވާތަނެއް މާލޭ މަގުމަތިން ނުފެނޭ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 24, 2025, 11:54 PM
މާލެ ސިޓީ

މިނިވަން 60 ފާހަގަކުރުމަށް ވަމުންދާ އެއްވެސް ތައްޔާރީއެއް ވެރި ރަށް މާލެއިން ފެނިގެން ނުދާކަމަށާއި މާލޭ މަލަމަތިން ފެންނަނީ މޯދީ ވަޑައިގަންނަވާތީ ސަރުކާރުން އެކަމަށް ޘަނާ ކިޔާ މަންޒަރުކަމަށް ބުނެ ދިވެހިން ނުރުހުން ފާޅުކޮށްފިއެވެ.

Advertisement

މީސްމީޑިއާގެ އެކި މަންސަތަކުގައި ދިވެހި އަންނަނީ މިކަމާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް އެތަކެއް ޝުއޫރުތަކެއް ހާމަކޮށް ޕޯސްޓްކުރަމުންނެވެ.

މިގޮތުން، މާލޭގެ މަގުމަތީގައި މިއަދު ވަނީ މޯދީއަށް މަރުހަބާ ދަންނަވާ މޯދީ ވަޑައިގަތުމަކީ ލިބޭ ބޮޑު ފަޚުރެއްކަމުގައި ބުނެ ބެނާތަކެއް ހަރުކޮށްފައެވެ.

މުސްލިމުން މަރާ، މުސްލިމުން މަރަން ވާގިވެރިވަމުންދާ މޯދީ ވަޑައިގަތުމަކީ ދިވެހިންނަށް ލިބޭ ފަޚުރެއް ނޫން ކަމަށާއި މިފަދަ މީހެއް ގައުމުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ޝަރަފުވެރިއެއްގެ ގޮތުގައި ގެނައުމަކީ މިނިވަން ދުވަހަށްވެސް ލިބޭ ހުތުރު ނަމެއް ކަމުގައި މި ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ނަމަވެސް ސަރުކާރުންނާއި، އެމްޑީޕީގެ އިސްވެރިން ވަނީ އިންޑިއާ އާއި ގުޅުން ބަދަހި ކުރަންޖެހޭނެ ކަމަށާއި އިންޑިއާ ނެތް ކަމަށް މި ގައުމު ބަނޑަށް ޖެހޭނެ ކަމަށް ބުނެ ގައުމުގެ މިނިވަންކަމަށް ބުރޫ އަރާ ފަދަަ މޭރުމުން ވާހަކަދައްކާފައެވެ.

އިންޑިއާގެ ނުފޫޒުން ގައުމު ސަލާމަތްކުރަަން އައި މީހުން މިއަދު އިންޑިއާގެ ފައިބުޑަށް ވެއްޓި "އިންޑިއާ ފަސްޓް" ޕޮލިސީއަށް ވަނީ ބަދަލުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved