theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މިނިސްޓަރު ޚަލީލުއާ ރައީސް މުއިއްޒު / ސަން އޮންލައިން
ސިޔާސީ
އިންޑިޔާ ސިފައިން ފޭބިކަމުގެ ހެއްކަކަށް އެދުމުން، ބުނީ އެމްއެންޑީއެފްއާ ސުވާލު ކުރުމަށް!
Aishath Naja
އައިޝަތު ނަޖާ
09 މޭ 2024
މާލެ ސިޓީ

ރާއްޖޭގައި ގާއިމްވެފައި ތިބި އިންޑިޔާ ސިފައިންގެ ދެވަނަ ބެޗް ރާއްޖޭން ފޭބި ކަމުގެ ހެއްކަކަށް އެދުމުން، ރައީސް އޮފީހަށް ހެއްކެއް ނުދެއްކުނުކަން ހާމަވެއްޖެއެވެ.

ޗެނަލް 13 ގެ ފަރާތުން ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލުގެ އަރިހުން އިންޑިޔާ ސިފައިން ފޭބިކަމުގެ ހެއްކެއް ދެއްކޭނެތޯ އެހުމުން ޖަވާބުގައި ހަލީލް ވިދާޅުވީ ހެއްކެއް ހޯދުމަށް އެމްއެންޑީއެފް އާ ސުވާލުކުރުމަށެވެ.

އެހެންކަމުން އިންޑިޔާ ސިފައިން ފޭބިކަމުގެ ހެއްކެއް ދެއްކުމަށް ޗެނަލް 13 ގެ ފަރާތުން ވަނީ އެމްއެންޑީއެފް އާ ސުވާލުކޮށްފައެވެ. ނަމަވެސް އަދި އެކަމާ ގުޅޭ ޖަވާބެއް ދީފައިނުވެއެެވެ.

އިންޑިޔާ ސިފައިންގެ ދެވަނަ ބެޗް އެ ގައުމަށް އަނބުރާ މެއި މަހުގެ 10 ވަނަ ދުވަހު ދާނެ ކަމަށް މީގެ އެއް މަސް ކުރިން އިންޑިޔާ ކޯ ގްރޫޕް ބައްދަލުވުމުގެ ކަންކަން ހިއްސާ ކުރުމަށްޓަކައި ހާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

އެހެންނަމަވެސް މިއަދު އިންޑިޔާ ސިފައިންގެ ދެވަނަ ބެޗް ވަނީ މިއަދު އެ ގައުމަށް އަނބުރާގޮސްފައެވެ. މިކަން ރައީސް އޮފީހުން ވަނީ ކަށަވަރުވެސް ކޮށްދެއްވާފައެވެ. އެހެން ނަމަވެސް އިންޑިޔާ ސިފައިން ފޭބި ކަމުގެ ހެއްކެއް ދެއްކުމަށް ސަރުކާރުން ވަނީ އުޒުރުވެރިވެފައެވެ.

އިންޑިއާ ސިފައިންގެ ބަދަލުގައި ޑޯނިއާ އޮޕަރޭޓްކުރަން މަދަނީ މީހުން ރާއްޖެ ގޮސްފައިވާ ކަމަށް އިންޑިޔާއިން ވަނީ ބުނެފައެވެ.

ރައީސް ޑރ މުއިއްޒު ރިޔާސީ ވައުދެއްގެ ގޮތުގައި އިންޑިޔާ ސިފައިން އެ ގައުމަށް އަނބުރާ ފޮނުވާލާނެ ކަމަށް ވިދާޅުވެ އެ ވައުދު ފުއްދަވާފައިވާއިރު ފޮނުވާލި އިންޑިޔާ ސިފައިންގެ ކޮންމެ ބެޗެއްގެ ބަދަލުގައި އިންޑިޔާގެ މަދަނީންގެ ޓީމެއް ވަނީ ރާއްޖެ އައިސްފައެވެ.

މަދަނީންގެ ގޮތުގައި އުޅަނދުތައް އޮޕަރޭޓްކުރަން އައިސްފައިވާ ފަރާތްތަކުގެ ވަނަވަރު ސަރުކާރުން ވަނީ ސިއްރުކޮށްފައެވެ.

ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މަދަނީންގެ ގޮތުގައި ހަރަކާތްތެރިވަނީ ހަމަ އެ ގައުމުގެ ސިފައިންނެވެ. ތަފާތީ އެ ފަރާތްތަކުގެ ޔުނީފޯމް ނެތުމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved