April 4, 2026
Advertisement
ރައީސް މުއިއްޒުގެ ދެކަނބަލުން ސައުދީއަށް ވަޑައިގަތުން
ރައީސް މުއިއްޒުގެ ދެކަނބަލުން ސައުދީއަށް ވަޑައިގަތުން / ރައީސް އޮފިސް

ރައީސް މުއިއްޒުގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވުމަށް ރަސްގެފާނު އަދި ވަލީއަހުދު ވެސް ވަޑައިނުގަންނަވާ!

Aishath Naja
އައިޝަތު ނަޖާ
May 11, 2024, 02:07 AM
މާލެ ސިޓީ

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ޚާއްޞަ މެހެމާންދާރީގައި ކުރައްވާ ޢުމްރާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު މަދީނާއަށް ވަޑައިގެންނެވުމުން، މަރުޚަބާ ދެންނެވުމަށް ރަސްގެފާނު އަދި ވަލީއަހުދުވެސް ވަޑައިނުގަންނަވާކަން ހާމަވެއްޖެއެވެ.

Advertisement

މައުލޫމާތު ލިބުނު ގޮތުގައި ރައީސް މުއިއްޒުގެ ދެކަނބަލުންނަށް މަރުޚަބާ ދެންނެވުމަށް ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑާއިގަތީ މަދީނާ ސަރަޙައްދުގެ ގަވަރުނަރު، ޞާޙިބުއްސުމުއްވުލް މަލަކީ އަލްއަމީރް ސަލްމާން ބިން ސުލްޠާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދެވެ.

މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ މެހެމާން ދާރީގައި ޢުމްރާ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފުރާވަޑައިގަތީ މިއަދުއެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ ޢާރިފް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަބްދުﷲ ނާޞިރު ވަނީ ބައިވެރިވެވަޑައިގެންފައިވެއެވެ.

ރަސްގެފާނުގެ ހާއްސަ މެހެމާންދާރީ ގައި ސައުދީއަށް ވަޑައިގެންނެވިއިރު އެ ދެކަނބަލުންނަށް މަރުުޚަބާ ދެންނެވުމަށް ރަސްގެފާނު އަދީ ވަލީއަހުދުވެސް އެއާޕޯޓަށް ވަޑައިނުގަތުމުން އެކި ފަރާތްތަކުން ދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved