May 27, 2026
Advertisement
މިވަގުތަކީ ޣައްޒާ އަދި ފަލަސްތީނުގެ ރައްޔިތުންނަށް އޮތް އެއްބައިވަންތަކަން ދައްކަންވީ ވަގުތު: ޑރ ޖަމީލް
މިވަގުތަކީ ޣައްޒާ އަދި ފަލަސްތީނުގެ ރައްޔިތުންނަށް އޮތް އެއްބައިވަންތަކަން ދައްކަންވީ ވަގުތު: ޑރ ޖަމީލް / ސޯޝަލް މީޑިއާ

މިވަގުތަކީ ޣައްޒާ އަދި ފަލަސްތީނުގެ ރައްޔިތުންނަށް އޮތް އެއްބައިވަންތަކަން ދައްކަންވީ ވަގުތު: ޑރ ޖަމީލް

Aminath Zara
އައިމިނަތު ޒާރާ
May 11, 2024, 06:39 AM
މާލެ ސިޓީ

ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ޑރ މުހައްމަދު ޖަމީލް އަޙްމަދު އެކްސް ގައި ކުރައްވާފައިވާ ޕޯސްޓްގައި ޣައްޒާ އަދި ފަލަސްތީނުގައި އަނިޔާވެރިކޮށް މަރަމުންދާ ރައްޔިތުންނާއި މައުސޫމް ކުޑަކުދިންތައް ފެނި ދެރަވާ ކަމަށާއި އަދި އިޒްރޭލުން ހަމަލަދީ މަރަމުންދާ ކުޑަކުދިންގެ އަދަދު 11،500 އަށް ވުރެ މައްޗަށް މިހާރު ގޮސްފިކަމަށެވެ.

Advertisement

ޖަމީލް އިތުރަށް ވިދާޅުވީ، ތަހުޒީބުކަމަށް ދެކިގެން އުޅޭ ހުޅަނގު ގައުމުތަކުން މި އަނިޔާވެރިކަން ޖަސްޓިފައި ކޮށް އިޒްރޭލަށް ވާގިވެރިވަމުންދާތީ ހައިރާންވާ ކަމަށެވެ.

އެމެރިކާ އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކުގެ ދަރިވަރުން އިސްނަގައިގެން ދަނީ އިޒްރޭލާއި ދެކޮޅަށް ބޮޑެތި މުޒާހަރާތައް ކުރަމުންނެވެ. މިއީ ފަހުގެ ތާރީޚެއްގައި މި ދެ ޤައުމުގައިވެސް ބާއްވަމުންދާ އެންމެ ބޮޑެތި އެއްވުންތައް ކަން ފާހަގަކުރެވެއެވެ.

ޖަމީލް ވިދާޅުވީ މިވަގުތަކީ ޣައްޒާ އަދި ފަލަސްތީނުގެ ރައްޔިތުންނަށް މުސްލިމުންގެ މެދުގައި އޮތް އެއްބައިވަންތަކަން ދައްކައި އެ މީހުންނަށް މިނިވަންކަން ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންވީ ވަގުތު ކަމުގައެވެ.

2023 އޮކްޓޯބަރު 07 ވަނަ ދުވަހު އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ފެށި ހަނގުރާމައަށް 213 ދުވަސް ވެފައިވާއިރު، ހުއްޓުމެއް ނެތި ކުރަމުންދާ މި ހަނގުރާމައިގައި 40 ހާހާއި ގާތް ކުރާ އަދަދަކަށް ގޮސްފިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved