April 16, 2026
Advertisement
ފަލަސްތީނުގެ ކުޑަކުދިން
ފަލަސްތީނުގެ ކުޑަކުދިން / އަލްޖަޒީރާ

އިސްރާއީލުން ޚާން ޔޫނިސް އަށް ދިން ހަމަލާތަކުގައި މަދުވެގެން ފަލަސްތީނުގެ 13 މީހަކު ޝަހީދުވެއްޖެ

Faina Faiz
ފައިނާ ފާއިޒް
Jan 17, 2024, 07:53 PM
ފަލަސްޠީން

އަންގާރަ ދުވަހު އިސްރާއީލުން ޚާން ޔޫނިސް އަށް ދިން ހަމަލާތަކުގައި މަދުވެގެން ފަލަސްތީނުގެ 13 މީހަކު ޝަހީދުވެއްޖެކަމަށް އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ނޫސްވެރިން ހާމަކޮށްފިއެވެ.

Advertisement

މި މަރުތަކުގެ ސަބަބުން އަންގާރަ ދުވަހު އިސްރާއީލުން ޣައްޒާގެ ދެކުނުގެ އެ ސަރަހައްދަށް ދިން ހަމަލާތަކުގައި މަރުވި ފަލަސްތީނުގެ މީހުންގެ ޖުމްލަ އަދަދު ވަނީ 23 އަށް އަރާފައެވެ.

ޚާން ޔޫނިސްގެ އަލް ނަސްރު ހޮސްޕިޓަލާއި އަލް އަމާލް ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދުތަކަކީ އިސްރާއީލުގެ ހަމަލާ އަމާޒުކޮށްފައިވާ ތަންތަނެވެ. އަދި އިސްރާއީލުގެ ސިފައިން ވަނީ ޚާން ޔޫނިސްގައި ހުރި ގެތަކާއި، މީހުން ދިރިއުޅޭ އިމާރާތްތައްވެސް ސުންނާފަތިކޮށްލާފައިއެވެ.

ހަނގުރާމައިގެ ކުރީކޮޅު އިސްރާއީލުން ވަނީ ޚާން ޔޫނިސް އަކީ ގެދޮރު ގެއްލިފައިވާ މީހުންނަށް "ރައްކާތެރި ސަރަހައްދެއްގެ" ގޮތުގައެވެ. ނަމަވެސް އިސްރާއިލި ސިފައިން ދަނީ ތަކުރާތުކޮށް އެ ސަރަހައްދަށް ހަމަލާތައް އަމާޒުކުރަމުންނެވެ.

އިސްރާއިލު ސިފައިން ވަނީ ޚާން ޔޫނިސްގައި ހުންނަ އަލް ނަސްރު ހޮސްޕިޓަލް ވަށާލާފައިއެވެ. އަދި އެ ސަރަހައްދުގައި ހަތިޔާރާއި ޓޭންކުތައް ހިފައިގެން ހަރަކާތްތެރިވަމުންނެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން އިސްރާއިލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 24،000 ވަނީ ވުރެން މައްޗަށްގޮސްފައިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved