ދިވެހި ދިފާއީ ބާރުގައި ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވުމުގެ ޤާބިލުކަމެއް މިވަގުތަކު ނެތް ކަން ދޭހަވާ ފަދަ މޭރުމަކުން ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވާހަކަ ދައްކަވައިފިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭއްލިއްޖެ ކަމަށް ބުނެ ސަރުކާރުން ކާމިޔާބީ ފާހަގަކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣައްސާން ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ފައިބައިފިކަމަށް ވިދާޅުވެފައެވެ. ރާއްޖޭގައި އިންޑިއާއިން ހަދިޔާކޮށްފައި އޮންނަ އަސްކަރީ އުޅަނދުތައް ދުއްވަން ނަމަވެސް ދިވެހި އަސްކަރިއްޔާއަށް ފުރުސަތު ނެތް ކަމަށް ވިދާޅުވެފައެވެ.
ޣައްސާން ވިދާޅުވީ އިންޑިއާގެ އަސްކަރީ ސިފައިންގެ ބަދަލުގައި މިހާރު ތިބޭނީ އުޅަނދުތައް އުފެއްދި ކުންފުނީގެ މުވައްޒަފުން ކަމަށާ އެމީހުންގެ ފަރާތުން ގައުމުގެ މިނިވަންކަމާ ސިޔާދަތަށް ނުރައްކަލެއް ނޯންނާނެކަމަށް ރައީސް މުހައްމަދު މުއިއްޒަށް ގަބޫލުފުޅު ކުރެއްވިފައިވާ ކަމަށެވެ.
އެހެންކަމުން އުޅަނދުތައް ދުއްވުމުގެ ގާބިލުކަން ދިވެހިންނަށް ލިބެންދެން އަދި އެ ތަމްރީނުތައް ފުރިހަމަ ކުރެވެންދެން އިންޑިއާ މަދަނީ މީހުން އެ އުޅަނދުތައް އޮަޕަރޭޓުކުރަން ތިބޭނެ ކަމަށެވެ.
ކުރެވުނު މަޝްވަރާތަކުގެ އަލީގައި މިވަގުތު އަޅުގަނޑުމެންނަށް އެއްބަސް ވެވުނީ އެ ޕްލެޓްފޯމްތައް ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ދެން ބޭނުން ކުރާނީ މަދަނީ މީހުން ބޭނުންކޮށްގެންކަން. މީގައި އެންމެ މުހިންމު ކަމަކަށް ފާހަގަކޮށްލަންޖެހޭ އެއް ކަމަކީ އެ ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ހެލިކޮޕްޓާސް އުފެއްދި ކުންފުނީގެ މުވައްޒަފުން މިތިބީ
އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލެވިއްޖެކަން ސަރުކާރުން އިއުލާންކުރި ނަމަވެސް އެ އަދަދަށް މަދަނީ މީހުން ވަނީ ރާއްޖެ ގެނެސްފައެވެ. ތަޖްރިބާ ކާރުން ހާމަކުރާ ގޮތުގައި އިންޑިއާ ސިފައިން ބޭލުމުގެ ނަމުގައި ބޭލީ އެމީހުންގެ ޔުނިފޯމެވެ. ކަން އޮތީ ހަމަ ކުރިންވެސް އޮތް ގޮތަށެވެ.
އެހެންކަމުން މިއި ދިވެހި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުންދާ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.