ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްވެފައި ތިބި އިންޑިޔާގެ ސިފައިން ފޮނުވާލެވިއްޖެ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ. ހަގީގަތަކީ އެއީ ރައްޔިތުންނަށް ދައްކާ ދަޅައެއްކަމެވެ. ފޮނުވާލެވިއްޖެ ކަމަށް އެ ބުނާ އެ ގައުމުގެ ސިފައިންގެ ބަދަލުގައި އެ ގައުމުން މަދަނީންގެ ބައެއް ގެނެސްފައިވާ އިރު އެ މަދަނީންގެ ވަނަވަރު ސަރުކާރުން ސިއްރުކޮށްގެން އުޅޭ ސަބަބެއް ނޭނގެއެވެ.
އިންޑިޔާގެ އާދައިގެ ބަޔަކު ރާއްޖެ އައިސް އެ ގައުމުން ދީފައިވާ އުޅަނދުތައް އޮޕަރޭޓް ކުރުމުގައި އުޅޭއިރު، އެމީހުންނަށް އެ އުޅަނދުތައް އޮޕަރޭޓްކުރަން އެނގެނީ ކީއްވެގެންތޯ އެއްވެސް ފަރާތަކުން ވިސްނާލިބާއެވެ. ހަމަގައިމުވެސް އެ ގައުމުގެ ބާޒާރު މަތީ ތަރުކާރީ ވިއްކާ މީހަކަށް ނުވަތަ ރިކްޝާ ކުރާ މީހަކަށް އެ އުޅަނދުތައް އޮޕަރޭޓް ކުރާކަށް ނޭނގޭނެއެވެ.
ސަރުކާރުން ރައްޔިތުން ގުނބޯ ހައްދަމުން ދާއިރު، ރައްޔިތުންގެ ތެރޭ ގަމާރުން ނޫޅޭ ކަން ސަރުކާރަށް ނޭނގުނީތީ ހައިރާންވެއްޖެއީމެވެ. އެގޮތުން އެ މަދަނީންގެ ހަގީގަތް މިއަދު މިވަނީ އެނގިފައެވެ. ދެން މިނިސްޓަރ މި ވިދާޅުވަނީ އެއީ އެ އުޅަނދުތައް އުފެއްދި ކުންފުނިން ފޮނުވާފައިވާ ފަރާތްތަކެއް ކަމަށެވެ. މައްސަލައެއްނެތެވެ. އެ ކުންފުނީގެ ހަގީގަތް މިނިސްޓާރ ގެ ދުލުން ވިދާޅުނުވީ ކީއްވެބާއެެވެ.
ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް ކިޔާ ކުންފުންޏަކުން އައިސްފައިވާ ތިބި މީހުން ކަމަށާއި އެމީހުންނަކީ އެ ގައުމުގެ އަސްކަރިއްޔާގެ ބައެއް ނޫންކަމަށް ސަރުކާރުން ބުނި އިރު، އެ ކުންފުންޏަކީ ޕްރައިވެޓް ކުންފުންޏެއް ނޫނެވެ.
ހިންދުސްތާން އެއާކްރާފްޓް ލިމިޓެޑްގެ ނަމުން އުފެދުނު ކުންފުނި އުފެއްދީ އިންޑިއާގައި މަތިންދާބޯޓު އުފެއްދުމުގެ މަގުސަދުގައި އޭރުގެ މައިސޫރު ސަރުކާރާ ގުޅިގެން ވަލްޗަންދު ހިރާޗަންދު ކިޔާ މީހަކު 23 ޑިސެމްބަރު 1940 ގައި ބެންގަލޫރުގައެވެ.
1941 ވަނަ އަހަރުގެ މާރޗް މަހު އިންޑިއާ ސަރުކާރު ކުންފުނީގެ އެއް ހިއްސާދާރުންނަށް ވެ، އޭގެ ފަހުން 1942 ވަނަ އަހަރު ކުންފުނީގެ ހިންގުމާ ވަނީ ހަވާލުވެފައެވެ. އަދި ޖެނުއަރީ 1951 ގައި ހިންދުސްތާން އެއާކްރާފްޓް ލިމިޓެޑް އިންޑިއާ ސަރުކާރުގެ ޑިފެންސް މިނިސްޓްރީގެ އިދާރީ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވެއެވެ. އެހެންކަމުން މީގެން މި ދޭހަވީ އެ ކުންފުނީގެ ހަގީގަތެވެ. އެ މަދަނީންގެ ހަގީގަތެވެ.
އިންޑިޔާ އަސްކަރިއްޔާގެ ބޫޓު ކިބަގަނޑެއްވެސް މި ރާއްޖޭގައި ނުހުންނާނެ ކަމަށް ބުނެ ވާވަރަށް ރައްޔިތުން މޮޔަ ހައްދައިފިއެވެ. އެ ގައުމަށް ސިފައިން ފޮނުވާލެވިފައި ވާއިރު ކޮންމެ ސިފައިންގެ މީހެއްގެ ބަދަލުގައި މަދަނީންގެ މީހެއް ގެނެސްފައިވާނެ ކަމަށް ބުނާއިރު އެ މަދަނީންނަކީ އުޅަނދުތައް އުފެއްދި ކުންފުނީގެ ބައެއްް ކަމަށް ވެސް ބުނެވުނެވެ. ނަމަވެސް އެ ކުންފުނި ހިންގަނީ އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ކަމެއް ނުއެއް ބުނެވުނެވެ.
ހިތުން ގަމާރީ ރައްޔިތުންނެވެ. ނަމަވެސް ހަގީގަތުގައި ގަމާރީ ސަރުކާރުކަން މިއަދު ސާފެވެ.