March 12, 2026
Advertisement
ދައުލަތުގެ ކުންފުނިތައް އޮޕަރޭޓް ކުރަނީ ޕްރައިވެޓް ވިޔަފާރިތަކަށް ޖެއްސުންކުރާ އުސޫލުން: އަލީ ހުސައިން
ދައުލަތުގެ ކުންފުނިތައް އޮޕަރޭޓް ކުރަނީ ޕްރައިވެޓް ވިޔަފާރިތަކަށް ޖެއްސުންކުރާ އުސޫލުން: އަލީ ހުސައިން / ސޯޝަލް މީޑިއާ

ދައުލަތުގެ ކުންފުނިތައް އޮޕަރޭޓް ކުރަނީ ޕްރައިވެޓް ވިޔަފާރިތަކަށް ޖެއްސުންކުރާ އުސޫލުން: އަލީ ހުސައިން

Aminath Zara
އައިމިނަތު ޒާރާ
May 14, 2024, 12:18 AM
މާލެ ސިޓީ

ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތައް އޮޕަރޭޓް ކުރަމުންދަނީ ޕްރައިވެޓް ވިޔަފާރިތަކަށް ޖެއްސުން ކުރާ އުސޫލުން ކަމަށް ބ.ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.

Advertisement

އަލީ ހުސައިން މިހެން ވިދާޅުވެފައިވަނީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ރައީސް އައްޔަނުކުރައްވާފައިވާ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެދިވަޑައިގެން ފޮނުއްވާފައިވާ މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވެފައިވަނީ، ވިޔަފާރިއަކީ ފައިދާ ހޯދަން ކުރާ ކަމަކަށް ވާއިރު ދައުލަތުންވެސް ވިޔަފާރިކުރާނަމަ ކުރަންވާނީ ފައިސާ ނުވަތަ ފައިދާ ހޯދޭ ގޮތަށް ކަމަށެވެ. އަދި ދައުލަތުން ކުރާ ވިޔަފާރިއަކީ ސިވިލް ސާވިސްގެ ގާނޫނާއި ޚިލާފަށް ވަޒީފާ ދޭން ހުންނަ ތަންތަން ނޫންކަމަށާއި، ދައުލަތުން ކުރާ ވިޔަފާރިއަކީ މާލިއްޔަތު ގާނޫނާ ޚިލާފަށް ޕްރޮކިއުމަންޓްއާއި ސަޕްލައި ހޯދައި، ބޭނުންހާ ގޮތަކަށް ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް ބޭނުންކުރާ ވަސީލަތަކަށް ވެގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ނަމުގައި ހުރިހާ ދާއިރާއެއްގެ ބޮޑެތި ވިޔަފާރިތައް ހިންގަމުން އަންނައިރު ނަތީޖާއަކީ ހުރިހާ ގެއްލުމެއް އާންމުންނަށް ލިބި، ޕްރައިވެޓް ސެކްޓަރަށް މި ކުންފުނިތަކާއި ވާދަކުރަން ޖެހުމެވެ.

އަލީ ހުސައިން އިތުރަށް ވިދާޅުވީ، ޕްރައިވަޓައިޒޭޝަން ބޯޑު ހެދިފައި އޮންނަތާ އެތައް ޒަމާނެއްވެއްޖެ ކަމަށާއި ނަމަވެސް ޕްރައިވެޓް ކުރެވުނު އެއްވެސް ތަނެއް ނުފެންނަ ކަމަށެވެ. އެހެންކަމުން މިފަދަ ބޯޑެއް އޮތުމުގެ އަދި މި މެންބަރުންނަށް ރުހުން ދިނުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved