May 15, 2026
Advertisement
ނާޒިމް ވަކިކުރަން ހުށަހަޅާ މަޖިލިސް ޗުއްޓީ ފަސްކޮށްފި
ނާޒިމް ވަކިކުރަން ހުށަހަޅާ މަޖިލިސް ޗުއްޓީ ފަސްކޮށްފި / ރައްޔިތުންގެ މަޖިލިސް

ނާޒިމް ވަކިކުރަން ހުށަހަޅާ މަޖިލިސް ޗުއްޓީ ފަސްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
May 14, 2026, 02:02 PM
މާލެ ސިޓީ

މަޖިލީހުގެ ނައިބު ރައީސް ކަމުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަކިކުރަން ޕީއެންސީއިން ބުރާސްފަތި ދުވަހު ހުށަހަޅައިފިއެވެ.

Advertisement

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ޕީއެންސީން ނިންމީ ބުދަ ދުވަހު ބޭއްވި ޕީޖީ ގްރޫޕުގެ ބައްދަލުވުމެއްގައެވެ. އެއަށް ފަހު، ބުރާސްފަތި ދުވަހު ވަނީ 73 ސޮއި ހަމަކޮށް މައްސަލަ ޖަޖިލީހަށް ހުށަހަޅާފައެވެ. މަޖިލީހުގެ ނައިބު ރައީސް ނާޒިމް މަޤާމުން ވަކިކުރުމުގެ ގަރާރެއް ލިބިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ހުށަހަޅާފައިވާއިރު، އޭނާއަށް އެކަމުގެ ނޯޓިސް ފޮނުވާ ޖަވާބުދާރީވުމަށް 14 ދުވަހުގެ މުއްދަތެއް ދޭން ޖެހޭނެއެވެ. ނަމަވެސް ދައުރުގައި ބާކީ ދެން ޖަލްސާއެއް ނޯންނާނެތީވެ ބުރާސްފަތި ދުވަހު ވަނީ މަޖިލީހުގެ މި ދައުރު ދަންމާލާފައެވެ. ބެލެވޭ ގޮތުގައި އެއީ ނާޒިމް ނައިބު ރައީސްކަމުން މި ދައުރުގައި ވަކިކުރުމަށް މަގުފަހި ކުރުމަށެވެ.

ދައުރު މި މަހު 31 ވަނަ ދުވަހާ ހަމައަށް ދަންމާލަން ވެސް ފާސްކޮށްފައިވަނީ މުހިއްމު މަސައްކަތެއް ކުރުމަށް ކަމަށް ބުނެއެވެ. ނަމަވެސް އެއީ ސިދާ ކޮން މަސައްކަތެއް ކަމެއް ހާމަކޮށްފައިނުވެއެވެ.

ކުއްލި ގޮތަކަށް ނާޒިމަށް އޮތް އިތުބާރު ގެއްލުނީ ކީއްވެ ކަމެއްޕީއެންސިއިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved