March 20, 2026
Advertisement
ބަނޑޭރިކޮށިން ނިޔާވެފައި އޮއްވާ ފެނުނީ 25 އަހަރުގެ ޖަލު ހުކުމަކުން ދޫކޮށްފައިވާ މީހެއް
ބަނޑޭރިކޮށިން ނިޔާވެފައި އޮއްވާ ފެނުނީ 25 އަހަރުގެ ޖަލު ހުކުމަކުން ދޫކޮށްފައިވާ މީހެއް / ސޯޝަލް މީޑިއާ

ބަނޑޭރިކޮށިން ނިޔާވެފައި އޮއްވާ ފެނުނީ 25 އަހަރުގެ ޖަލު ހުކުމަކުން ދޫކޮށްފައިވާ މީހެއް

Aminath Zara
އައިމިނަތު ޒާރާ
May 15, 2024, 12:43 AM
މާލެ ސިޓީ

ބަނޑޭރިކޮށީގެ އެޕާޓްމަންޓް ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ފަރާތަކީ 25 އަހަރުގެ ޖަލު ހުކުމަކުން މިދިޔަ އަހަރު ދޫކޮށްލި ފަރާތްތަކުގެ ތެރޭގައި ދޫވެފައިވާ ފަރާތެއް ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

Advertisement

މަރުވެފައި އޮއްވާ ފެނިފައިވަނީ ގދ ހޯޑެއްދޫ ހައްމާދު ސައީދެވެ. މީނާ އަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޛު ކުރަމުން ގޮސް، ދޫވެފައިވާ ފަރާތެކެވެ.

ފުލުހުންގެ ތަހުގީގީ ބޭނުމަށް މީނާގެ ޕޯސްޓް މޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ރޭގައި ހާމަކޮށްފައެވެ.

ނިޔާވެފައި އޮތްވާ މި މީހާ ފެނިފައިވަނީ ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އެ ގޭތެރެ ބެލި ބެލުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved