March 12, 2026
Advertisement
އދ ގެ ފުރިހަމަ މެންބަރު ގައުމެއްގެ ގޮތުގައި ފަލަސްތީން ބަލައިގަތުމަށް ދިވެހިރާއްޖެއިން އަނެއްކާވެސް ގޮވާލައިފި
އދ ގެ ފުރިހަމަ މެންބަރު ގައުމެއްގެ ގޮތުގައި ފަލަސްތީން ބަލައިގަތުމަށް ދިވެހިރާއްޖެއިން އަނެއްކާވެސް ގޮވާލައިފި / ސޯޝަލް މީޑިއާ

އދ ގެ ފުރިހަމަ މެންބަރު ގައުމެއްގެ ގޮތުގައި ފަލަސްތީން ބަލައިގަތުމަށް ދިވެހިރާއްޖެއިން އަނެއްކާވެސް ގޮވާލައިފި

Aminath Zara
އައިމިނަތު ޒާރާ
May 15, 2024, 12:43 AM
މާލެ ސިޓީ

       އދ ގެ ފުރިހަމަ މެންބަރު ގައުމެއްގެ ގޮތުގައި ފަލަސްތީން ބަލައިގަތުމަށް ދިވެހިރާއްޖެއިން އދ ގެ ސަލާމަތީ މަޖލީހުގައި އަނެއްކާވެސް ގޮވާލައިފިއެވެ.

Advertisement

މިދިޔަ ހުކުރު ދުވަހު "އެޑްމިޝަން އޮގް ނިއު މެންބަރ ސްޓޭޓްސް ޓު ދަ ޔުނައިޓެޑް ނޭޝަންސް" ގެ ނަމުގައި ފާސްކޮށްފައިވާ ގަރާރަށް ނިސްބަތްކޮށް، އެ މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ވަނީ މި މައްސަލަ ނަގާފައެވެ.

މި ގަރާރަށް މެންބަރު ގައުމުތަކުން ލިބުނު ތާއީދަކީ ސަލާމަތީ މަޖިލީހަށް ފޮނުވުނު ވަރުގަދަ މެސެޖެއްގެ ގޮތުގައި ދިވެހިރާއްޖެއިން ވަނީ ސިފަކޮށްފައެވެ. މީގެ އިތުރުން އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އ ގައުމު ޖަވާބުދާރީ ކުރަން ޖެހޭނެ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާ ހުއްޓާލުމަށްވެސް ގޮވާލާފައިވެއެވެ.

ދިވެހިރާއްޖޭގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ހަމައެކަނި ގެނެވޭނެ ގޮތަކީ، 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާއި އެއްގޮތުގެ މަތިން އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަން ކުރާ ރަށް ކަމުގައި ކަނޑައަޅާ މިނިވަން ދައުލަތެއް ގާއިމުވުން ކަމުގައި ވެއެވެ.

އދ ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުން ހުޅުވާލާފައިވަނީ އަރަބް ގުރޫޕް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އަދި ނޮން އެލައިންޑް މޫވްމަންޓް އިން އެދިގެންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved