April 15, 2026
Advertisement
ރައީސް މުއިއްޒު ވަޒީރުންގެ ބައްދަލުވުމުގައި
ރައީސް މުއިއްޒު ވަޒީރުންގެ ބައްދަލުވުމުގައި / ރައީސް އޮފިސް

މިހާތަަނަށް މިނިސްޓަރުން ފެންވަރުގަ އެންމެ ގިނަ ވަޒީފާ އުފެއްދީ މި ސަރުކާރުން

Aishath Naja
އައިޝަތު ނަޖާ
Jan 17, 2024, 08:47 PM
މާލެ ސިޓީ

މިހާތަަނަށް މިނިސްޓަރުން ފެންވަރުގަ އެންމެ ގިނަ ވަޒީފާ އުފެއްދީ މި ސަރުކާރުންކަން ހާމަވެއްޖެއެވެ.

Advertisement

ރައީސް އޮފީހުގެ ވެބްސައިޓުގައި ހުރި މައުލޫމާތަށް އަލި އަޅުވާލާއިރު ވަޒީރުންގެ ފެންވަރުގައި މިހާތަނަށް ރައީސް މުއިއްޒު ވަނީ 45 ބޭފުޅަކަށް މަގާމް ދެއްވާފައެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ރައީސް މުއިއްޒުގެ އާއިލީ ތިމާގެ ބެފުޅުންވެސް ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ. މި ހުރިހާ ބޭފުޅުންގެ މުސާރައަށް ދައުލަތުގެ ބަޖެޓުން އަހަރަކު 41 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

އޭގެ އިތުރުންވެސް މިސަރުކާރުން މިހާތަނަށްވަނީ 91 ސްޓޭޓް މިނިސްޓަރުންނާއި, 166 ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން އޭގެ ދަށްވެސް އެތައް ސިޔާސީ މަގާމެއް އުފައްދާފައެވެ.

އެގޮތުން ރައީސް މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވިތާ ދެ މަސް އަދި ފާއިތުނުވަނީސް ސިޔާސީ މަގާމްތަކަށް އައްޔަން ކުރި މިނިސްޓަރުންނާއި, ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު މިހާރުވަނީ 302 އަށް އަރާފައެވެ.

ފާއިތުވި ރިޔާސީ ކެމްޕޭންގައި ރައީސް މުއިއްޒު ވައުދު ވެފައިވަނީ މަތި ލުއި ސަރުކާރެއް ގާއިމް ކުރައްވާނެ ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސީ މަގާމްތަކުގެ އަދަދު ކުރީ ސަރުކާރަށްވުރެ މަދުވާނެ ކަމުގައެވެ.

އެހެންނަމަވެސް ރައީސް މުއިއްޒު ވެވަޑައިގެންފައިވަނީ އެންމެ ކުރު މުއްދަތެއްގައި އެންމެ ގިނަ ސިޔާސީ މަގާމްތައް އުފެއްދި ރައީސް ކަމުގައެވެ.

މިކަމާ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved