March 12, 2026
Advertisement
ފުލުހުން ހަރަކާތްތެރިވަނީ
ފުލުހުން ހަރަކާތްތެރިވަނީ / ވޮއިސް.އެމްވީ

މަސްތުވާ ތަކެތީގެ އޮޕަރޭޝަނެއްް ހިންގާ ފަސް މީހުން ހައްޔަރުކޮށްފި

Aishath Alaina
އައިޝަތު އަލައިނާ
May 16, 2024, 04:14 PM
މާލެ ސިޓީ

އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މެއި 14 ވަނަ ދުވަހު މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ފަސްމީހުން ހައްޔަރުކޮށްފައިވާކަމަށް ކަމަށް ފުލުހުން ބުނެފިއެވެ.

Advertisement

ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރާއި 45 އަހަރާ ދެމެދުގެ ފަސް ފިރިހެނުންކަމަށާއި، ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް އެ މީހުންތިބި އެޕާޓްމަންޓު ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 29 ރަބަރު ޕެކެޓު ފެނިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައިއެވެ.

އިތުރަށް ފުލުހުން ބުނެފައި ވަނީ މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ކަމަށެވެ.

ޑްރަގް އެންފޯސްމަންޓުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު ރާއްޖޭގައި ދުވަހަކަށް ވުރެ ދުވަހެއް މަސްތުވާތަކެތީގެ މިފަދަ މައްސަލަތައް އަންނަނީ އިތުރުވުމުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved