March 12, 2026
Advertisement
ރާއްޖޭގެ ބޮޑު ހިސާބަކަށް މޫސުން ގޯސް
ރާއްޖޭގެ ބޮޑު ހިސާބަކަށް މޫސުން ގޯސް / ޕޮލިސް

ފެންބޮޑުވުމުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އާންމުކޮށްފި

Aishath Alaina
އައިޝަތު އަލައިނާ
May 16, 2024, 06:36 PM
މާލެ ސިޓީ

ހުޅަނގު މޫސުމުގައި ވިއްސާރަވެ ފެންބޮޑުވުމުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިރުޝާދު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީއިން އާންމުކޮށްފިއެވެ.

Advertisement

އެންޑީއެމްއޭއިން މިއަދު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިރުޝާދުގައި ވަނީ ބޯކޮށް ވިއްސާރަވެހުމުގެ ސަބަބުން މާލެ އަދި ރަށްރަށުގައި ފެންބޮޑުވުމުން އަޅަން ޖެހޭ ފިޔަވަޅުތަކާއި އެކްސްގައި ޕޯސްޓުކޮށްފައިއެވެ.

އެންޑީއެމްއޭއިން އާންމު ކުރި ޕޯސްޓުގައި ބުނެފައި ވަނީ ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި ވެލި ބަސްތާފަދަ ތަކެތި ޖެހުމާއި ގެއަށް ފެން ވަދެއްޖެ ނަމަ ގެއްލުންވާ މުދާ އުސް ތަންތަން ނުވަތަ ފެން ނުޖެހޭ ތަންތަނަށް ލުމަށް އިލްތިމާސްކޮށްފައިއެވެ.

ދަނޑުވެރިކަން ކުރާ ފަރާތްތަކުން ދަނޑުގައި ފެންބޮޑުވެ ގަސްގަހާގެއްސަށް ކުރާނެ ގެއްލުމުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅުއެޅުމަށްވެސް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައިއެވެ.

އިތުރުން ކަނޑުދަތުރު ކުރާފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުފަތުރު ކުރުމަށާއި ދަތުރަށް ނުކުންނަ އިރު ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ނިކުތުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައިއެވެ.

ފެންބޮޑުވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލައަކުން ދުރުހެލިވުމަށް އުދަ އެރުމުން ނުވަތަ ފެންބޮޑުވުމުން ވީހާވެސް އަވަހަށް ކުނި ސާފުކުރުމަށްވެސް އެ އޮތޯރިޓީއިން ވަނީ އިލްތިމާސްކޮށްފައިއެވެ.

މާލެ ސަރަހައްދު އަދި ރަށްރަށުގައި ފެންބޮޑުވުމުގެ މައްސަލައަކީ މިހާރު އާންމުވެފައިވާ މައްސަލައެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved