March 12, 2026
Advertisement
ބަނޑޭރިކޮށީގެ އެޕާޓެމެންޓެއް ތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ފުލުހުން ވެހިކަލަށް އަރުވަނީ
ބަނޑޭރިކޮށީގެ އެޕާޓެމެންޓެއް ތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ފުލުހުން ވެހިކަލަށް އަރުވަނީ / ވަގުތު.އެމްވީ

ބަނޑޭރިކޮށިން ފެނުނު ހަށިގަނޑު ޕޯސްޓު މޯޓަން ހަދަން ފޮނުވަނީ

Mariyam Isaadha
މަރިޔަމް އިސާދާ
May 16, 2024, 11:28 PM
މާލެ ސިޓީ

ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

Advertisement

ބަނޑޭރިކޮށީގައި މީހުން ދިރިނޫޅޭ މި އެޕާޓުމެންޓެއްގެ ތެރެއިން މީހަކު މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބަލައި ފާސްކުރި އިރު އެގެއިން އުމުރުން 30 އަހަރުގެ ފިރިހެނަކު ނިޔާވެފައި އޮއްވާ ވަނީ ފެނިފައެވެ. އެމީހާ ނިޔާވި ސަބަބު ދެނެގަތުމަށް ފުލުހުން ވަނީ އޭނާގެ ޕޯސްޓު މޯޓަމް ހެދުމަށް ނިންމާފައެވެ.

މަރުވެފައި އޮއްވާ ފެނުނީ ގދ. ހޯޑެއްދޫ، ހައްމާދު ސައީދު (30 އ) ކަމަށް އެނގިފައިވެ އެވެ.

އޭނާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނިކޮށް ދޫކޮށްލާފައިވާ މީހެއް ކަމަށް އެނގިފައިވެ އެވެ. އޭނާ މިނިވަންކުރީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިދިޔަ އަހަރު އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved